ޚަބަރު މޭޔަރު ޝިފާއާއި، އިންތިހާބީ މޭޔަރު މުއިއްޒު ބައްދަލުކުރައްވައިފި

މޭޔަރު ޝިފާއާއި، އިންތިހާބީ މޭޔަރު މުއިއްޒު ބައްދަލުކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި މި މަހު 10ގައި ބޭއްވި ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު މާލޭ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ވަނީ މޭޔަރު ޝިފާއާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު މުއިއްޒުއާ ބައްދަލުކުރެއްވިކަން ހާމަކުރައްވައިފި އެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އެ ބައްދަލުވުމަކީ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި މުއިއްޒުއަށް ބާރުތައް ބަދަލުކޮށް، މަގާމު ހަވާލު ކުރުމުގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

މާލޭގެ މޭޔަރު ކަމަށް މުއިއްޒު އިންތިހާބުވެޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރާ ވާދަކޮށް، ބޮޑު ތަފާތަކުންނެވެ. އޭނާއަށް 12470 މީހުން ވޯޓުލި އިރު އަނަސްއަށް ވޯޓުލީ 7436 މީހުންނެވެ.

މިއީ ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި އެމްޑީޕީ އަށް މާލޭގެ ތާއީދު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަން ވެސް ގެއްލިގެން ދިޔަ ފުރަތަމަ ފަހަރެވެ.

ޓެގް

ޝިފާ މާލޭސިޓީ ޑރ.މުއިއްޒު ސިޓީކައުންސިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.