ޚަބަރު ވައްޑޭ ހީނުކުރާތި މިސާލުބަހުންވިޔަސް ވައްބަހުން ވިޔަސް މަށާ ހަނގާކުރެވިދާނެކަމަށް – އިބްރާ

ވައްޑޭ ހީނުކުރާތި މިސާލުބަހުންވިޔަސް ވައްބަހުން ވިޔަސް މަށާ ހަނގާކުރެވިދާނެކަމަށް – އިބްރާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މަންދުކޮލެޖަށް ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ސަރުކާރުން ދިނުމަށް އެއްބަސްވެފައިވާތީ މެމްބަރު ވައްޑޭ ކުރެއްވި ޓްވީޓަކަށް ވަރުގަދަ ރައްދެއް މަންދުކޮލެޖްގެ ވެރިޔާ އަދި ކުރީގެ އެމްޑީޕީގެ ރައީސް އިބްރާ ދެއްވައިފިއެވެ.

ފަނަރަމިލިއަން ރުފިޔާ ދިނުމާ ދެކޮޅަށް ވައްޑެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދައުލަތުގެ ބިމެއްގައި، ދައުލަތުގެ ފައިސާއިން ކޮށްފައިހުރި އިމާރާތެއްގެ ބޭރު ގޭޓުގައި ޑައިމަންޑް ތަޅެއް އެޅުވުމުގެ ބަދަލެއްގެ ގޮތުން 15 މިލިޔަން ލިބުނީމާ، އެ ލިބޭ މީހާއަށް އޭގެ ދިފާއުގައި ވާހަކަ ދެއްކުން ނޫންގޮތެއް ނޯންނާނެކަމަށެވެ.

އެވާހަކަ ފުޅަށް ރައްދުދެއްވަމުން މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރގެ ބޭބޭފުޅު އިބްރާ ވިދާޅުވީ މިސާލުބަހުން ވިޔަސް، ވައްބަހުން ވިޔަސް އިބްރާއާ ހަނގާކުރެވިދާނެކަމަށް ވައްޑޭ ހީނުކުރުމަށެވެ.

އަދި ޖެހޭނީ ހަމަ ފަތިގަނޑު ފިރުކަން، ބަފައިބެ ގާތު އަހާލާ އަސްލު މަމީ ކާކުތޯ؟، އިބްރާގެ ޓްވީޓްގައި އިތުރަށް ވިދާޅުވެ ވައްޑޭއަށް ރައްދުދެއްވާފައިވެއެވެ.

މަންދުކޮލެޖަށް ބަދަލުދިނުމާމެދު ގިނަބައެއްގެ މެދުގައި ޚިޔާލުތަފާތުވެފައިވާއިރު މަންދު ކޮލެޖް ހިންގުމަށް ކުރީގެ އެމްއީއެސް އިމާރާތް ދޫކޮށްފައިވަނިކޮށް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށް އެ ތަން އަތުލާފައެވެ. ސަރުކާރުން އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމާއި އެއްގޮތަށް އެތަނުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގަމުން ނާންނަކަމަށް ބުނެއެވެ. އެއްބަސްވުން ބާތިލުކުރުމުން މާލޭހައި ޕްރައިވެޓް ލިމިޓެޑުން އެ މައްސަލަ ސިވިލްކޯޓަށް ހުށައެޅިއެވެ. އެކޯޓުން ނިންމާފައިވަނީ ދައުލަތުން އެއްބަސްވުން ބާތިލުކުރީ ގޯސްކޮށްކަމަށެވެ. ދަށުކޯޓްގެ މި ނިންމުމަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފައެވެ.

ދައުލަތުގެ މާލީ ތަނަވަސްކަން ނެތި މުވައްޒަފުންގެ މުސާރަވެސް ދެވެން ނެތް މިފަދަ ޙާލަތެއްގައި ވިޔަސް މާލޭހައި ޕްރައިވެޓް ލިމިޓެޑަށް -/15,012,500ރ. (ފަނަރަ މިލިއަން ބާރަހާސް ފަސްސަތޭކަ ރުފިޔާ) ދައުލަތުން އެއް މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާޞް ކުރަން ވަނީ ކޯޓުން ހުކުމްކޮށްފައެވެ.

ޓެގް

ވައްޑޭ މަންދުކޮލެޖު އިބްރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.