ޚަބަރު

ދިރާގުޓީވީގެ ރޯދަ ހަދިޔާ – އިތުރު ހަރަދަކާ ނުލައި 100 އަށް ވުރެ ގިނަ ޗެނަލް ހުރިހާ ކަސްޓަމަރުންނަށް

ދިރާގު ޓީވީގެ ފަރާތުން ކަސްޓަމަރުންނަށް ރޯދަ ހަދިޔާގެ ގޮތުން ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް އިތުރު އެއްވެސް ހަރަދަކާ ނުލާ ބަލާލެވޭނެ ގޮތް ހަމަ ޖައްސައިފިއެވެ. އަދި ހަމައެއާއެކު، ދިރާގުން އަލަށް ތައާރަފު ކުރި ގޯލްޑް ޕެކޭޖްގެ ކަސްޓަމަރުންނަށް 150 ރުފިޔާގެ ޑިސްކައުންޓެއް މޭ މަހު ލިބިގެންދާނެއެވެ.

 މި ދުވަސްވަރަކީ ދިރާގު ޓީވީ އަށް ގުޅާލުމަށް ރަނުގެ ފުރުސަތެއް ހުޅުވާލާފައިވާ ދަނޑިވަޅެއްވެސް މެއެވެ. އެގޮތުން މިހާރު ކުރިއަށް ދަމުންދާ ޚާއްސަ ޕޮރޮމޯޝަނެއްގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 މޭ 2021 ގެ ނިޔަލަށެވެ. 

މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ޚާއްސަ ލަކީޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަން އަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެއެވެ. 

ދިރާގު ޓީވީގެ ޒަރިއްޔާއިން ބެލުންތެރިންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެއެވެ. އެގޮތުން  ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ ސްޕޯރޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯރކް، ސްޓަރ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %77 ގޭބިސީއަށް ދިރާގުޓީވީގެ ޚިދުމަތް ފޯރުކޮށްދީފައިއެވެ.

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް https://bit.ly/3ghs9Bl

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close