ޚަބަރު އީސީގެ އިދާރާއަށް ދާންޖެހުނީ އެތަނަށް ޕީޕީއެމްގެ ލީޑަރާއި އިސްވެރިން ވެދެވަޑައިގެން ގިނައިރުވުމުން – ރައީސް ނަޝީދު

އީސީގެ އިދާރާއަށް ދާންޖެހުނީ އެތަނަށް ޕީޕީއެމްގެ ލީޑަރާއި އިސްވެރިން ވެދެވަޑައިގެން ގިނައިރުވުމުން – ރައީސް ނަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް ނަޝީދު މިއަދު އީސީގެ އިދާރާއަށް ދާންޖެހުނީ އެތަނަށް ޕީޕީއެމްގެ ލީޑަރާއި އިސްވެރިން ވެދެވަޑައިގެން 30 މިނިޓް ވީއިރުވެސް ނުނިކުންނެވުމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އިންތިހާބާ ބެހޭ މަރުކަޒު ހުންނަ ބާ ޖަމާލުއްދީނު ކުރިމަތީ މިއަދު ހިނގި ހަމަނުޖެހުންތަކަށްފަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވާއިރު ރައިސް ނަޝީދު އިތުރަށް ވިދާޅުވީ އޮފިޝަލުން ނޫން އެއްވެސް މީހަކަށް އީސީ އިދާރާއަށް ވަދެވިގެން ނުވާނެކަމަށެވެ.

“އޮފިޝަލުން ނޫން އެއްވެސް މީހަކަށް އީސީ އިދާރާއަށް ވަދެވިގެން ނުވާނެ. އަޅުގަނޑު ހުރީ ބޭރުގަ” ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ނަތީޖާ ކަށަވަރު ކުރުމަށް މިއަދު 1:30ގައި ބައެއް ދާއިރާތަކުގެ ވޯޓު ކަރުދާސް ގުނަން އޮތީ ނިންމާފަ އެވެ. އެކަން ކުރަން ހަމަޖެހިފައި އޮތީ ބާ ޖަމާލުއްދީނުގައި ހުންނަ އިންތިހާބާ ބެހޭ މަރުކަޒުގެ ރީރެޖިސްޓްރީ ހޯލުގަ އެވެ.

ވޯޓު ފޮށިތައް އަލުން ގުނަން އީސީ އިން ތައްޔާރުވަނިކޮށް، އެ ސަރަހައްދަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވަޑައިގަތުމުން އެ ސަރަހައްދުގައި ތިބި މީހުން ހިތްހަމަނުޖެހި އިހުތިޖާޖު ކުރަން ފަށައިފައި ވެއެވެ. އަދި އިހުތިޖާޖު ކޮންޓުރޯލް ކުރުމަށް ފުލުހުން ޕެޕަސުޕްރޭ ބޭނުންކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޓެގް

ރައީސްނަޝީދު އެލެކްޝަންސް ލޯކަލް ކައުންސިލްއިންތިޙާބު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.