ޚަބަރު މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމަށް ކަނޑައަޅައިފި

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމަށް ކަނޑައަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ހަނދުސާބިތު ކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމާއި ބެހޭ ގޮތުން ރަސްމީ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މިއަދު އިރުއޮއްސުމަށްފަހު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތިނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވެފައި ވާތީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ދިވެހި ރާއްޖޭގައި އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގައި ވާ ގޮތުގެ މަތިން މާދަމާ މީލާދީ ސަނަދުން 2021 އަހަރުގެ އޭޕްރިލްވާ 12 ވާ ހޯމަ ދުވަހަކީ މި ހިނގާ 1442 ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމުގައި އާއި 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި ހިނގާ އޭޕްރިލް 13 ވާ އަންގާރަ ދުވަސް ކަމުގައި ކަނޑައެޅީކަމަށެވެ.

މިދިޔަ އަހަރެކޭ ވެސް އެއްފަދައިން، މި އަހަރުގެ ރަމަޟާން މަސް ވެސް ވާނީ 30 ދުވަހުގެ މަހަކަށެވެ. ފިޠުރު ޢީދު ވާނީ އަންނަ މެއި މަހުގެ 13 ވާ ބުރާސްފަތި ދުވަހަށެވެ.

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި ރައްޔިތުންނަށާއި އެންމެހާ މުސްލިމުންނަށް އަދި ހާއްސަކޮށް ނާރެސް  ނޫހުގެ ކިޔުންތެރިންނަށް އަރިސްކުރަމެވެ.

ޓެގް

ހަނދުސާބިތުކުރުން ރަމަޟާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.