ޚަބަރު

މުއްދަތު ހަމަވިއިރު ޢަލީ ވަހީދުގެ އެޑްރެސް ނުހޯދުނު

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލާގެ އަޑުއެހެމަކަށް އޭނާ ޙާޒިރު ކުރުމަށްޓަކައި ޗިޓްފޮނުވަންވެގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ދިރިއުޅުއްވަމުން ގެންދަވާ އެޑްރެސް ހޯދުމަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހަށް ހައިކޯޓުން ދިން މުއްދަތު ހަމަވިއިރު އެ އެޑްރެސް ހޯދިފައިނެތްކަން އަންގައިފި އެވެ.

އަލީއަށް އަށް ޗިޓް ފޮނުވޭ ގޮތް ނުވުމުން ހައިކޯޓުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް އެންގީ އެއް ދުވަހުގެ ތެރޭގައި އޭނާ މިހާރު ދިރިއުޅޭ އެޑްރެސް ހޯދުމަށްފަހު ކޯޓަށް ހުށަހެޅުމަށެވެ.

ކޯޓުން ދިން މުއްދަތު އިއްޔެ މެންދުރުފަހު 2:00 އަށް ވަނީ ހަމަވެފައިވީއިރު ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު ރޭ “އަދަދު”އޮންލައިން ނޫހަށް ވިދާޅުވިކަމަށް އެނޫހުގައި ބުނެފައިވަނީ އެ އޮފީހުން އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެހެއް އެނގޭތޯ ފުލުހުން ކައިރިން އޮޅުންފިލުވުމުން، ފުލުހުންނަށް އެ އެޑްރެސް ނޭނގޭ ކަމަށް އަންގާފައިވާ ކަމަށެވެ.

“އެހެންވެ، އެކަން އަޅުގަނޑުމެން ވާނީ މިއަދު ހައިކޯޓަށް އަންގާފައި،” ޝަފީއު ވިދާޅުވި އެވެ. އަދަދުގައި ބުނެފައިވެއެވެ.

އަލީ ވަހީދު ކޯޓަށް ހާޒިރުކުރުމަށް ޗިޓް ނުފޮނުވި، މިހާރު އޭނާ އުޅޭ އެޑްރެހެއް ހޯދުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހައިކޯޓުން އެންގި ނަމަވެސް، ޝަފީއު ވިދާޅުވި ގޮތުގައި ޝަރީއަތްތަކަށް ކޯޓަށް މީހުން ހާޒިރު ކުރުމަކީ އެ އޮފީހުގެ ޒިންމާއެއް ނޫނެވެ. އެއީ ކޯޓްތަކުގެ ޒިންމާއެއް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close