ޚަބަރު

މާރސީން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފި

ދިވެހިރާއްޖޭގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މާރސީގެ ފަރާތުން ތެލެސީމިޔާ ސެންޓަރަށް ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް އިއްޔެ ކުރިއަށްގެންގޮސްފިއެވެ.

މާރސީ އިން އިސްނަގައިގެން ނޭޝަނަލް ތެލަސީމިޔާ ސެންޓަރާއި ގުޅިގެން އިއްޔެ ކުރިއަށްގެންދިޔަ މި ހަރަކާތް ކުރިއަށްގެންދިޔައީ “އަހަރުމެންގެ ލޭ – އެ ކުދިންގެ ފުރާނަ” މި ޝިއާރުގެ ދަށުންނެވެ.

މާސީގެ ނައިބްރައީސް މަރިޔަމް ނިޔާޝާ ނާރެސް މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޭމްޕަކީ ބްލަޑް ބޭންކުން ލޭ ހުސްވަމުންދާތީ އެމަޢުލޫމާތު ލިބިގެން ބޭއްވި ކޭމްޕެއް ކަމަށެވެ. މި ކޭމްޕް ކުރިއަށް ގެންދިޔައީ އިއްޔެ ހެނދުނު 10 އިން އިރުއްސި 6:00 އަށް ތެލެސީމިޔާ ސެންޓަރުގައެވެ.

މިއީ މާރސީން އިސްނަގައިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ބްލަޑް ކޭމްޕް ކަމަށާއި، ނަމަވެސް މީގެ ކުރިންވެސް މާރސީއާއި އެހެން ޖަމިއްޔާ ތަކާ ގުޅިގެން މިފަދަ ޙަރަކާތްތައް ހިންގާފައިވާނެކަމުގައި ނިޔާޝާ ވިދާޅުވިއެވެ.

މިކޭމްޕްގައި 70 ބޭފުޅުން ބައިވެރިވެލެއްވި ކަމަށާއި، އަދި އެބޭފުޅުން ލޭ ޑޮނޭޓް ކޮށްދެއްވިކަމަށް ޝުކުރުވެރިކަމާއެކު އޭނާ ވިދާޅުވިއެވެ. ނިޔާޝާ ވިދާޅުވީ މިއީ މުޅިން އާ ޑޮނާރސް އިން ރެކޯޑް އަދަދަކަށް ލޭހަދިޔާ ކުރެއްވި ފުރަތަމަ ފަހަރުކަމަށް ތެލެސީމިޔާ ސެންޓަރުން ވެސް ވިދާޅުވި ކަމަށެވެ.

މިކޭމްޕްގައި ވަރަށް ޔަންގް ކުދިން ލޭހަދިޔާކުރީ ، ގާތްގަޑަކަށް 18 އަހަރާއި 40 އަހަރާދެމެދުގެ ޔަންގު ކުރިން ލޭހަދިޔާކުރީ ، ނިޔާޝާ ވިދާޅުވިއެވެ.

ބައިވެރިވި ބައެއް ކުދިން އެކިކަހަލަ ކަންކަމާހެދި ލެހަދިޔާ ނުކުރެވި ދިޔަކަން ނިޔާޝާ ފާހަގަކުރެއްވިއެވެ. މިސާކަލަށް ވެއިޓް ހަމަނުވެގެން ބައެއް ކުދިން ފޮނުވާލަން ޖެހުނު . ނިޔާޝާ ވިދާޅުވިއެވެ.

މިކޭމްޕުގައި ރާއްޖޭގެ މަޝްހޫރު ވަރަށް ގިނަ ފަންނާނުންވެސް ބައިވެރިކަން ފާހަގަކުރެވުނެވެ. އެގޮތުން ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަޝްފާޤް އާއި، އަކްރަމްއާއި، އަދި ސާއިދު އާއި، ބަކާވެސް ވަނީ މިކޭމްޕްގައި ބައިވެރި ލޭހަދިޔާކޮށްފައެވެ.

މާރސީއަކީ 2018 ވަނައަހަރު ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ކުރިއަށްދާ، ފުޅާދާއިރާއެއްގައި ބަލިމީހުންނަށް އެހީވާ އަމިއްލަ އެންޖީއޯ އެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close