ޚަބަރު ހަޑި ހުތުރު ބަސް ބޭނުންކުރިކަމަށް ބުނެ އަދުރޭގެ މައްޗަށް ކުރާ ދަޢުވާގެ އަޑުއެހުމެއް މިއަދު

ހަޑި ހުތުރު ބަސް ބޭނުންކުރިކަމަށް ބުނެ އަދުރޭގެ މައްޗަށް ކުރާ ދަޢުވާގެ އަޑުއެހުމެއް މިއަދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހަޑި ހުތުރު ބަސް ބޭނުންކުރިކަމަށް ބުނެ ކުރާ ދަޢުވާގެ އަޑުއެހުމެއް މިއަދަށް ކްރިމިނަލް ކޯޓްގައި ތާވަލު ކޮށްފިއެވެ. މި އަޑުއެހުން ތާވަލު ކޮށްފައިވަނީ މިއަދުގެ 11:00 އަށެވެ.

ކްރިމިނަލް ކޯޓުން އަދުރޭގެ މައްޗަށް ނެރެފައިވާ ކޯޓަށް ޙާޟިރުވުމުގެ އަމުރުގައި ޙާޟިރުކުރެވޭ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ ދަޢުލަތުން ދަޢުވާކުރައްވާ ހަޑިހުތުރު އެއްޗެއް ކިއުމާއި، ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ކުށުގެ މައްސަލައިގެ އިބްތިދާޢީ އަޑުއެހުމަކަށް ކަމަށެވެ.

ނަމަވެސް މި ދަޢުވާއަށް އަދުރޭވަނީ އިންކާރުކުރައްވާފައެވެ. އަދި މި ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށްވެސް އަދުރޭވަނީ ވިދާޅުވެފައެވެ. އަދި އެއީ އެއްވެސް އަސްލެއްގެ މައްޗަށް ކުރާ ދައުވާއެއް ނޫން ކަމަށާއި އެއީ ދޮގު ތުހުމަތުތަކެއް ކޮށްގެން އުފުލާފައިވާ ދައުވާއެއް ކަމަށްވެސް ވިދާޅުވިއެވެ.

އަދި މިފަދަ ދަޢުވާ ތަކަކީ އިދިކޮޅު މެންބަރުންގެ ވާހަކަތަކުން ސަރުކާރު ނުހިނގާކަން ރައްޔިތުންނަށް ހާމަވެގެން ދާތީ، އެ ފުރުސަތު އިތުރަށް ނުދިނުމަށްޓަކައި ސަރުކާރުގެ ނުފޫޒުން އުފުލާ ދަޢުވާތަކެއްކަމަށްވެސް އަދުރޭ މީގެކުރިންވަނީ ވިދާޅުވެފައެވެ.

އަދުރޭގެ މައްޗަށް މި ދައުވާ އުފުލީ، ނޮވެމްބަރު 28، 2019 ގައެވެ. އަދުރޭގެ މައްޗަށް މި ދަޢުވާ އުފުލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ދުވަހު އެ ކޯޓުގެ ބޭރުގައި ކުރަމުން ދިޔަ މުޒާހަރާގެ ތެރެއިން އަޑުގަދަ ކުރާ ބޭނުން ކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ދަނިކޮށް ހަޑި ހުތުރު ބަހެއް ބޭނުން ކުރެއްވުމުންނެވެ.

ޓެގް

އިދިކޮޅުކޯލިޝަން އަދުރޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.