ޚަބަރު އައްޑުއާއި ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ޙާލު، ރައީސް ބައްލަވާލައްވައިފި

އައްޑުއާއި ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ޙާލު، ރައީސް ބައްލަވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫސިޓީއާއި ފުވައްމުލައް ސިޓީގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި އެކަމުގެ ސަބަބުން ގެއްލުންލިބެމުންދާތީ، އެ ދެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ޙާލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބައްލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤާއި، ފުވައްމުލަކު ސިޓީގެ މޭޔަރު ޢަބްދުﷲ ފަލާޙް ޝަރީފްގެ އިތުރުން އެ ދާއިރާތައް ތަމްސީލުކުރައްވާ ބައެއް މަޖްލިސް މެންބަރުންނާވެސް ވަކިވަކިން އިއްޔެ ފޯނުން ގުޅުއްވައި، އެންމެ ފަހުގެ ޙާލަތާއި ގުޅޭގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އެ ދެސިޓީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ އޮޅުންފިލުއްވައި، ވިއްސާރައިގެ ސަބަބުން އެ ދެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތައް ފޫބައްދައިދިނުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަމުގައި ވިދާޅުވެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ސަރަޙައްދުތަކަށް ބޯކޮށްވާރޭވެހުމުގެ ސަބަބުން އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީގެ މަގުތަކާއި ގިނަ އަދަދެއްގެ ގެތަކުގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުންތަކެވަނީވެފައެވެ، އަދި ވިއްސާރަވެ ވައިބާރުވުމުގެ ސަބަބުން ގަސްތައްވެއްޓުމާއި ފުރާޅު އެއްލާލުމުގެ ހާދިސާތަކެއްވެސްވަނީ ހިންގާފައެވެ.

ޓެގް

ވިއްސާރަ މޫސުން ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.