ހިޔާ ފްލެޓުން ފުލުހުންނަށް ހާއްސަކުރި 300 ފްލެޓާއި ސިފައިންނަށް ހާއްސަ ކުރި 300 ފްލެޓު، ޖުމްލަ 600 ފްލެޓު، ސަރުކާރަށް ނަގަން، އެ ދެ ކެޓެގަރީ އުވާލަން މަޝްވަރާ ކުރެވެމުންދާ ކަމަށްބުނެ ޚަބަރު ފެތުރިފައިވާތީ އެއީ ކަނޑައެޅިގެން ފަތުރަމުންދާ ބުހުތާން ދޮގު ކަމުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ އެކަން ދޮގުކުރައްވަމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއީ ހަމަ ކަނޑައެޅިގެން ބުހުތާން ދޮގު ކަމުގައެވެ.
“ސިފައިންނަށް ކަނޑައެޅިގެން އެނގޭނެ އެމީހުންނަށް ލިބޭ 300 ފްލެޓްގެ ފޯމްތައް އެމްއެންޑީއެފް އޮފިޝަލް އިން ދިރާސާ ކޮށް އިންޓަރވިއުވެސް ކޮށްފިކަން” މިނިސްޓަރ ގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ހިޔާ ފްލެޓްތަކުގެ މައްސަލައިގައި އަޑުއުފުލަމުން ގެންދާ އާއްމުންގެ ޖަމިއްޔާ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސިފައިންނާއި ފުލުހުންނަށް ހިޔާ މަޝްރޫއުން ހާއްސަކުރި 600 ފްލެޓު، ސަރުކާރަށް ނަގަން އެ ދެ ކެޓެގަރީ އުވާލަން މަޝްވަރާ ކުރެވެމުންދާ ޚަބަރު ފެތުރުމުންދާކަމުގެ މައުލޫމާތު އާއްމުންގެ ޖަމިއްޔާގެ މެންބަރުންގެ ތެރޭގައި ހިމެނޭ ބައެއް ފުލުހުންނާއި ސިފައިން މިއަދު ވަނީ އެޖަމިއްޔާ އާއި ހިއްސާ ކޮށްފައެވެ.
ހިޔާ ފްލެޓާއި ގުޅޭ ގޮތުން ސަރުކާރުން މިހާ ތަނަށް ކަންތައް ކޮށްފައިވާ ގޮތުން، މިފަދަ ކަމެއް ކުރަން އުޅޭ ހަބަރު ލިބުމުން، އެފަދަ ކަމެއް ނުކުރާނޭ ބުނަން ވަރަށް ދަތިކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.
ހިޔާ ފްލެޓާ ގުޅޭގޮތުން އެކިއެކި ދޮގުޚަބަރުތައް މީޑިއާގައި ފަތުރަމުން ދަނީ ސިޔާސީ ނާޖާއިޒް ފައިދާއެއް ނެގުމުގެ ބޭނުމުގައި ކަމަށް ގިނަފަރާތްތަކަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...