ޚަބަރު

ޓުއަރިޒަމް ރިކަވަރީގައި ރާއްޖެއިން އެޅި ފިޔަވަޅުތައް ބައިނަލް އަޤްވާމީ ފެންވަރުގައި ހިއްސާ ކުރައްވައިފި

ޓުއަރިޒަމް ރިކަވަރީގައި ރާއްޖެއިން އެޅި ފިޔަވަޅުތައް ބައިނަލް އަޤްވާމީ ފެންވަރުގައި ހިއްސާ ކުރައްވައިފިއެވެ.

ދުނިޔޭގެ ފެންވަރުގައި އެކަންކަން ހިއްސާ ކުރައްވާފައިވަނީ ޔޫ.އެން.ޑަބްލިއު.ޓީ.އޯ ގްލޯބަލް ކްރައިސިސް ކޮމެޓީގެ ޓެކްނިކަލް ގްރޫޕުގެ 5 ވަނަ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަ ފުޅުތަކުގައެވެ.

މި ބައްބަދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރ ބައިވެރިވެވަޑައިގަތީ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ކޮމިޝަން އޮފް ސައުތު އޭޝިއާގެ މިހާރުގެ ޗެއާރގެ ހައިސިއްޔަތުންނެވެ. އޮންލައިންކޮށް ބޭއްވި މިބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ގްރީސްގެ ޓުއަރިޒަމް މިނިސްޓަރ އޮނަރަބްލް ހެރީ ތިއޯހެރިސް އެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ، މާނަވީ ގޮތެއްގައި ފަތުރުވެރިކަން އަލުން ފެށުމާއި، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، ވަޒީފާގެ ރައްކާތެރިކަން ހޯދައި އިތުބާރު ދެމެހެއްޓުމާއި ގުޅޭގޮތުންނެވެ. އެގޮތުން މިކަން ކުރުމަށް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖެހޭއިރު އެއްޤައުމުން އަނެއްޤައުމަށް ދަތުރު ކުރުމަށް ވެކްސިން ސެޓްފިކެޓް ބޭނުން ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ބައްދަލުމުގެ ބައިވެރިން ފާހަގަ ކުރެއްވިއެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ، ޓުއަރިޒަމް ރިކަވަރީއަށް ރާއްޖޭގެ ސިއްޙީ އިދާރާތަކާއި ފަތުރުވެރިކަމުގެ ހިއްސާ އޮތް ފަރާތްތަކާއި ގުޅިގެން ކުރެވުނު މަސައްކަތް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރާއްޖެއިން ޓުއަރިޒަމް ރިކަވަރީގައި އެޅި ފިޔަވަޅުތައްވެސް ބައިވެރިންނާއި ވަނީ ހިއްސާ ކުރައްވާފައެވެ.

ޔޫ.އެން.ޑަބްލިއު.ޓީ.އޯ ގްލޯބަލް ކްރައިސިސް ކޮމެޓީގެ ޓެކްނިކަލް ގްރޫޕަކީ ކޯވިޑް-19އާ ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށް ދިމާވާ ކަންކަން ދިރާސާކޮށް، ޖުމްލަ ހައްލެއް ގެނައުމަށް ޔޫ.އެން.ޑަބްލިއު.ޓީ.އޯއިން އެކުލަވާލި ޓެކްނިކަލް ކޮމެޓީއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close