ޚަބަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ހައިކޯޓުން ބޭރުކޮށްލައިފި

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ހައިކޯޓުން ބޭރުކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަމުރު އިސްތިއުނާފުކުރުމަށް އޮންނަ 48 ގަޑިއިރަށް ވުރެ ފަހުން ޕީޖީން މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވާތީ އެ މައްސަލަ ބަލައި ނުގަނެ އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފިއެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު ކްރިމިނަލް ކޯޓުން ބާތިލް ކުރި މައްސަލަ އިސްތިއުނާފަށް ހައިކޯޓުން ބޭރުކޮށްލައިފައިވާއިރު އޭނާ ފުރާވަޑައިގެންނެވި ސީދާދުވަހެއްވެސް އެނގިފައި ނުވާކަމަށް ޕީޖީން ވަނީ ބުނެފައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ހައިކޯޓަށް އެ މައްސަލަ ވެއްދި އިރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ގޮސްފައި ވަނީ ބޮޑެތި ދައުވާތަކެއް ދައުލަތުން އުފުލާފައިވަނިކޮށެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޖިންސީ ކުށުގެ ހަތް ދައުވާއެކެވެ. އެއީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެކެވެ.

ޓެގް

ހައިކޯޓް އަލީ ވަހީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.