ޚަބަރު ވޭމަންޑޫއަށް މިރޭ ކަރަންޓު ދެވޭވަރުވާނެ – ފެނަކަ

ވޭމަންޑޫއަށް މިރޭ ކަރަންޓު ދެވޭވަރުވާނެ – ފެނަކަ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތ. ވޭމަންޑޫގެ އިންޖީނު ގޭގައި އިއްޔެ އަލިފާން ރޯވުމުގެ ސަބަބުން އެރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު، މިރޭގެ ވަގުތެއްގައި އެރަށަށް ކަރަންޓް ދެވޭވަރު ވާނެކަމަށް ފެނަކަ ކޯޕަރެޝަން ލިމިޓެޑް އިން ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، މަސައްކަތް ވީހާވެސް އަވަސް ކުރުމުގެ ގޮތުން އެ އަތޮޅު ގުރައިދޫން މިއަދު ހެނދުނު ޖަނަރޭޓަރެއް ވޭމަންޑޫއަށް ގެންގޮސްފައިވާ ކަމަށެވެ. ގުރައިދޫން ގެންގޮސްފައިވަނީ360 ވޯޓުގެ ޖަނެރޭޓަރެކެވެ.

އެ ރަށު އިންޖީނު ގޭގައި އަލިފާން ރޯވާން ދިވާމި ސަބަބު އަދިވަނީ ސާފުވާގޮތް ނުވެފައެވެ.

މި ހާދިސާގެ ސަަބުބުން،  ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާ ހިނގުމާއެކު ރޭ ސައީދު ވަނީ އެ ރަށަށް ވަޑައިގެންފައެވެ. އެރަށުގައި ހުންނަވާ ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ވަގުތީ ގޮތުން ހައްލެއް ހޯދުމަށް، އެ ރަށު ކައިރީ ރަށްރަށުން ދެ ޖެނެރޭޓަރެއް މިހާރު ވޭމަންޑޫއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މާލެ އިން އިތުރު ދެ ސެޓެއް ވެސް ގެނެސް، ޖަނަރޭޓަރުތައް ބަހައްޓާނެ ތަނެއް ވަގުތީ ގޮތުން ވަނީ އިމާރާތް ކުރަން ފަށާފައިކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގާ ވޭމަންޑޫ އިންޖީނުގެ ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

ޓެގް

ވޭމަންޑޫ އަލިފާންރޯވުން ފެނަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.