ކުޅިވަރު މެސީގެ މޮޅުކުޅުމާއިއެކު އެލްޗޭ އަތުން ބާސާ މޮޅުވެއްޖެ

މެސީގެ މޮޅުކުޅުމާއިއެކު އެލްޗޭ އަތުން ބާސާ މޮޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްޕެނިސް ލަލީގާގައި ރޭކުޅެވުނު މެޗު ބާސާގެ ކެޕްޓަން ލިއަނަލް މެސީގެ މޮޅުކުޅުމާއި އެކު ރެލިގޭޝަން ޒޯނުގައި އޮތް އެލްޗޭ އަތުން 3 ލަނޑު 0 ލަނޑުން މޮޅުވެއްޖެއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވި ނަމަވެސް،އެޓީމުންވަނީ މޮޅުކުޅުމެއް ދައްކާފައެވެ. އަދި މި ހާފުގައި ބާސާގެ ފްރަންސިސްކޯ ޓްރިންކާއޯއަށް ވަނީ ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބިނާކާމިޔާބުވެފައެވެ.  

ދެވަނަ ހާފުގައި ބާސާގެ ކުޅުން ރަނގަޅުކޮށް މި ހާފުގެ ތިންވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. އަދި މެޗުގެ 69 ވަނަ މިނެޓުގައި ފްރެންކީ ޑި ޔޮން ދިން ޕާހަކުން މެސީ ވަނީ އިތުރު ލަނޑެއް ޖަހައި، ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ބާސާއިން ކާމިޔާބުކުރި 3 ވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާއެވެ.

މި މެޗުގައި މެސީ ޖެހި ދެ ލަނޑާއެކު އޭނާވަނީ ސްޕެނިސް ލަލީގާގެ ލަނޑު ލިސްޓްގެ އެންމެ ކުރިއަށް ޖެހިލައިފައެވެ. މިހާތަނަށް މެސީ 18 ލަނޑު ހަމަކުރިއިރު، ލަނޑު ލިސްޓުގެ ދެވަނައިގައި އޮތީ 16 ލަނޑާއެކު އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް ލުއިސް ސުއަރޭޒެވެ.

މި މެޗުން ބާސާ މޮޅުވިއިރު، މި މޮޅާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއީ ކުޅުނު 24 މެޗުން ލިބުނު 50 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 23 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވަނީ 24 މެޗުން 52 ޕޮއިންޓް ލިބިފައެވެ.  

ޓެގް

ބާސަލޯނާ މެސީ ފުޓްބޯޅަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.