ޚަބަރު ވޭމަންޑޫ އިންޖީނު ގޭގައި އަލިފާން ރޯވެ މުޅިރަށުން ކަރަންޓް ޚިދުމަތް ކެނޑިއްޖެ

ވޭމަންޑޫ އިންޖީނު ގޭގައި އަލިފާން ރޯވެ މުޅިރަށުން ކަރަންޓް ޚިދުމަތް ކެނޑިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތ. ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެ އިންޖީނުތަކުގައި ބޭނުން ނުކުރެވޭވަރަށް ހަލާކުވެ މުޅިރަށުން ކަރަންޓްގެ ޚިދުމަތް ކެނޑިއްޖެއެވެ.

އެ ރަށު އިންޖީނު ގޭގައި އަލިފާން ރޯވާން ދިވާމި ސަބަބު އަދިވަނީ ސާފުވާގޮތް ވެފައި ނުވިނަމަވެސް މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި އެ އިންޖީނު ގެ ތެރެއިން ވަރަށް ބޮޑަށް ކަޅުދުން އަރާ ތަން ފެނެއެވެ. އަދި އަލިފާން ނިއްވުމުގައި ފުލުހުންނާއި އެރަށުގެ އާންމު ގިިނަ ރައްޔިތުން ހަރަކާތްތެރިވަމުންދާ މަންޒަރުވެސް ފެނިގެން ދެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވަނީ އެތަނުގައި ރޯވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުންދާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އަދި އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

“ތ.ވޭމަންޑޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކައްދޫ ފަޔަރ ސްޓޭޝަން އިން ދަނީ ހަރަކާތްތެރިވަމުން” އާޒިމް ވިދާޅުވިއެވެ.

މިހާދިސާ އާއި ގުޅިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ވިދާޅުވީ، ތ. ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެެއް ހިނގައި، ބޭނުންނުކުރެވޭވަރަށް އިންޖީނުތައް އެނދުމާގުޅިގެން އެރަށުގެ ކަރަންޓުގެ ޚިދުމަތް ވަނީ ވަގުތީގޮތުން މެދުކެނޑިފައި ކަމަށާއި މިހިތާމަވެރި ހާދިސާއާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ނިހާޔަތަށް މަޢާފަށްއެދެ ކަމަށެވެ. އަދި ކަރަންޓުގެ ޚިދުމަތް ވީއެންމެ އަވަހަށް އިއާދަކުރުމަށްޓަކައި މަސައްކަތްކުރަމުންދާކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ.

ޓެގް

ވޭމަންޑޫ އިންޖީނުގެ ކަރަންޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.