ޚަބަރުވިޔަފާރި

ދިރާގު “އަމިއްލަ ޕޯސްޓް ޕެއިޑް” ވަރަށްސަޅި ޚިދުމަތެއް، ބޭނުންގޮތަކަށް ކަސްޓަމައިޒް ކޮށްލެވޭނެ

“އަމިއްލަ ޕޯސްޓްޕެއިޑް”ގެ ނަމުގައި މުޅިން އާ މޮބައިލް ޕޯސްޓްޕެއިޑް ޕްލޭނެއް ދިރާގުން ތައާރަފުކޮށްފިއެވެ. މި އާ ޕްލޭންގައި ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ހާއްސަކޮށް ވަރަށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކޮށްލެވޭނެއެވެ.

ދިރާގު އަމިއްލަ ޕޯސްޓެޕެއިޑް ތައާރަފުކުރުމަށް ދިރާގުން ވަނީ ރޭ ވާރޗުއަލް އިވެންޓެއް ބާއްވާ، ދިރާގު ފޭސްބުކް ޕޭޖުގައި ލައިވްކޮށް ދައްކާފައެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ، ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން މުޅިން އަލަށް ތައާރަފުކޮށްފައިވާ “ވެލިއު ޕްކެސް” އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްސްތަކުން ބޭނުންވާ ޕެކެއް ޚިޔާރު ކުރެވޭނެއެވެ. ވެލިއު ޕްކެސްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި މުޅިން އާ ސްޓްރީމިންގ އެޑްއޮންސް ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނިގެންދާނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ޚާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ވަނީ ހިމަނާފައެވެ.

އަޅުގަނޑުމެން އަބަދުވެސް ދަނީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު މޮބައިލް ތަޖުރިބާއެއް ފޯރުކޯށްދިނުމަށް ކަސްޓަމުރުންގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ މޮބައިލް ޔޫސޭޖް ބިހޭވިޔަރ ވަރަށް ގާތުން ބަލަމުން. އެގޮތުން އަޅުގަނޑުމެންގެ ހޯދުންތަކުން ދައްކާގޮތުގައި ފަސޭހަކަމާއެކު އަމިއްލައަށް މޮބައިލް ޕްލޭންތައް އެ ކަސްޓަމަރަކު ބޭނުންވާ ގޮތަކަށް ޕަރސަނަލައިޒް ކޮށްލުމަކީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމެއް. އެގޮތުން މިހާރު ދިރާގު އަމިއްލަ ޕޯސްޓްޕެއިިޑަށް މިގެނައި އައު ފީޗާރސްތަކާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޮބައިލް ޔޫސޭޖް މެނޭޖްކޮށް، ދިރާގު ކަސްޓަމަރ ސެންޓަރަކަށް ޒިޔާރަތް ނުކޮށް، ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ޕެކޭޖު ބަދަލު ކޮށްލެވޭނެ. އަމިއްލަ ޕޯސްޓްޕެއިޑް އާ ބެހޭގޮތުން ދިރާގު މެނޭޖަރ ކޮންސިއުމަރ ޕޯސްޓްޕެއިޑް، އެފްބީބީ ޖަނާ އިބްރާހިމް ވިދާޅުވިއެވެ.

ދިރާގު ޕޯސްޓްޕެއިޑް ޚިދުމަތަށް ބަދަލުތައް ގެނެސްފައިވަނީ  ހޯމް ފައިބަރ ބްރޯޑްބޭންޑް، ބިޒް ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައިއެވެ. ދިރާގުގެ އެކި އެކި ޚިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.ދިރާގުގެ އެކި އެކި ޚިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.

 ދިރާގު އަމިއްލަ ޕޯސްޓްޕެއިޑްގެ ޕްރޮމޮޝަނަލް އޮފަރ އާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް https://bit.ly/3b5FxnV

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close