ޚަބަރު

ރައީސް ނަޝީދު އާއި، ރައީސް ޞޯލިޙް ކޮވިޑް ވެކްސިން ޖައްސަވައިފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖްލިސްގެ ރައީސް އަދި ކުރީގެއ ރައީސް މުޙައްމަދު ނަޝީދުއާއި ދެ ބޭފުޅުންވެސް ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު އެ ވެކްސިން ޕްރޮގްރާމުގެ ދަށުން ދެ ރައީސުން ވެކްސިން ޖައްސަވާފައިވާއިރު ވެކްސިން ޖެއްސެވުމަށްފަހު އެ ސަރަހައްދުގައި 15 މިނެޓް ދެބޭފުޅުންވެސް މަޑުކުރައްވާނެ އެވެ.

ރައީސް ނަޝީދު ވެކްސިން ޖައްސަވަނީ / ފޮޓޯ: މަޖްލިސް

ދެބޭފުޅުންކުރެ ފުރަތަމަ ވެކްސިންޖެއްސެވީ ރައީސް ސޯލިޙް އެވެ. ރައީސް ސޯލިހަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވެކްސިން ޖައްސަވާފަ އެވެ. ރާއްޖެއިން އެންމެ ފުރަތަމަ ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި މި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާއިރު އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީއާ ހަވާލުވެވަޑައިގެން ހުންނެވި، ޑރ،. ޝިރާނީ އަބްދުއްރަހީމެވެ.

ރާއްޖެއަށް މިހާތަނަށް ގެނެސްފައިވާ ހަމައެކަނި ވެކްސިނަކީ އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަކީ އޮކްފޯޑާއި އެސްޓްރެޒެނިކާގެ ދިރާސާގެ މައްޗަށް އުފައްދާފައިވާ ވެކްސިނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close