ޚަބަރު ހުޅުމާލެ އިން ހދ. ހަނިމާދުއަށް ދަތުރުކުރި ސަފާރީއެއްގައި ރޯވެއްޖެ

ހުޅުމާލެ އިން ހދ. ހަނިމާދުއަށް ދަތުރުކުރި ސަފާރީއެއްގައި ރޯވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާޅެ އިން ހދ. ހަނިމާދުއަށް ދަތުރުކުރި ސަފާރީއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި ކަމަށް އެމްޑީއެފް އިން މަޢުލޫމާތު ދެއްވައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވެފައިވަނީ “ނައުޓިލުސް ވަން” ނަމަކަށް ކިޔާ އެ ސަފާރީގައިކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށާއި، އަލިފާން ރޯވީ މެންދަމު 3:39 އެހައިކަންހާއިރު ކ. ކާށިދޫގެ ހުޅަނގުން 13 ނޯޓިކަލް މޭލު ބޭރުން ކަމަށްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފްގެ ފަޔާ ލޯންޗް ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލުމުގެ މަސައްކަތް ކޮށްފަ އެވެ.

އެމްއެންޑީއެފްގެ ޓީމުން އަލިފާން ނިއްވަމުން ދަނިކޮށް މިއަދު ހެނދުނު 6:44 އެހައިކަންހާއިރު ސަފާރީ އަޑިއަށް ގޮސްފައިވާކަމަށްވެސް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވިއެވެ.

އެ ސަފާރީގައި އަލިފާން ރޯވީ ކީއްވެގެން ކަމެއް އަދި ސާފެއްނުވެ އެވެ.

ޓެގް

އަލިފާންރޯވުން އެމްއެންޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.