ޚަބަރު ޖެޓްސްކީ އެއްގައި ފުރި 2 ދިވެހިން ގެއްލިގެން ހޯދަމުންދަނީ

ޖެޓްސްކީ އެއްގައި ފުރި 2 ދިވެހިން ގެއްލިގެން ހޯދަމުންދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޅ.އަތޮޅު ފުށިފަރު ރިސޯޓުން ޖެޓްސްކީ އެއްގައި ފުރި 2 ދިވެހިން ގެއްލިގެން ހޯދަމުން ދާކަމަށް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ޖެޓްސްކީގައި ދަތުރުކޮއްފައިވަނީ އަންހެނަކާއި ފިރިހެނެއް ކަމަށާއި، މި ދެމީހުންނަކީވެސް އެރިސޯޓްގެ މުވައްޒަފުން ކަމަށެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 19:04 ހާއިރު ކަމަށާއި، އެމީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑްގެ ޑައިވަރުން ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ދެމީހުން ޖެޓްސްކީ ދުއްވާލަން ނިކުމެފައިވަނީ މަޖަލަކަށް ކަމަށާއި، އެ މީހުން ދިޔައީ ލައިފް ޖެކެޓް އެއްޗެހިވެސް އަޅައިގެން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުންދަނީ އުމުރުން 24 އަހަރުގެ ފިރެހެނަކާއި އުމުރުން 29 އަހަރުގެ އަންހެނެއް ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި ގެއްލިގެން ހޯދާ ދެމީހުންގެ ތެރެއިން އަންހެންމީހާ ފޯނު ގެންދިޔަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެހެން ނަމަވެސް ފޯނާއި ގުޅުމުން ރިންގްވި ނަމަވެސް ފޯނަށް ޖަވާބެއް ނުދޭ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ޓެގް

ކޯސްޓްގާޑް އެމްއެންޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.