އަތްޕުޅުގައި ޕްލާސްޓަރު އަޅާފައި އޮތްއިރުވެސް މިނިސްޓަރ މާރިޔާ މުވައްޒަފުންގެ ޚިދުމަތުގައި
މުވައްޒަފުންގެ ކަންކަމަށް ދެއްވާ ސަމާލުކަން ޑިފެންސް މިނިސްޓަރ މާރިޔާގެ މިފޮޓޯފުޅުން އެކަނިވެސް ހާމަވެއެވެ. އެކަމަނާ އަކީ މުވައްޒަފުންގެ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ އަދި ޚާއްޞަކޮށް މުވައްޒަފުންނަށް ކުރިއެރުން ލިބެން ބޭނުންފުޅުވާ ބޭކަނބަލެއްކަން މިފޮޓޯއިން ސާބިތުކޮށްދެއެވެ.
މީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ޕާސަނަލް އެސިސްޓަންޓް މުހައްމަދު ޝާން ކުރެއްވި ޓްވީޓެއްގައި އެޓޭޗް ކޮށްފައިވާ ފޮޓޯއެކެވެ.
މި ޓްވީޓްގައި ޝާން ލިޔުއްވާފައިވަނީ އަތްޕުޅުގައި ޕްލާސްޓަރ އަޅާފައި އޮތަސް، ހުކުރަކަސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެ ގެންދަވަނީ އެމްއެންޑީއެފްގެ ސިފައިންނަށް ދެއްވާ ޕްރޮމޯޝަންގެ ލިޔުންތަކުގައި ސޮއެ ކުރައްވަމުންނެވެ. މިހެންނެވެ.
އެ ޓްވީޓްއާއި ގުޅޭގޮތުން ނާރެސް އަށް މައުލޫމާތު ދެއްވަމުން ޝާން ވިދާޅުވީ މިނިސްޓަރުގެ އަތްޕުޅުގައި ޕްލާސްޓަރު އަޅާފައިވަނީ ކުޅިވަރެއް ކުޅުއްވަން އުޅުއްވަނިކޮށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަތްޕުޅުގެ ކުޑަހުޅުން ފެށިގެން ބިންދައިގެންގޮސް ލިބުނު އަނިޔާއަކާއި ގުޅިގެން ކަމަށެވެ.
މިނިސްޓަރުގެ އަތްޕުޅުވަނީ މިހާރު ސަރޖަރީ ހަދާފައި ، ޕިންވެސް ލައްވާފައި ކަމަށް ޝާން ވިދާޅުވިއެވެ.
މިރޭ މިނިސްޓަރ މާރިޔާ ސޮއިކުރައްވަމުން އެގެންދަވަނީ ސިފައިންނަށް ދެވޭ ޕްރޮމޯޝަންގެ ސިޓީތަކެއްގައި ކަމަށާއި، އެއީ ވަރަށް ގިނަ ޢަދަދެއްގެ ސިޓީ ތަކެއްކަމުގައި ކަމަށްވެސް ޝާން ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރު ކަމާ މިނިސްޓަރ މާރިޔާ ޙަވާލުވެ ވަޑައިގަތީއްސުރެ އެ މުއައްސަސާއަށް އަންނަނީ ހެޔޮ ރަނގަޅު ބަދަލުތަކަކާއެކު ކުރިއެރުންތަކެއް ހޯއްދަވަމުންނެވެ.



ޕްާލާސްޓަރ އަޅުއްވަން ޖެހިވަޑައިގތީ އަނެއްކާ އަތްޕްޅަށް ގޮވީތޯއެވެ. އެއީ ވެދާނެ ގޮތެއް ކަމަށް ގިނަ ބަޔަކު ދެކެމުން އައި ގޮތެކެވެ.
Aan athah govee