ޚަބަރު ޔޯގާއަކީ ހަމައެކަނި ފިޒިކަލީ ގޮތުން ކޮށްލާ ކަސްރަތެއް ނޫން – ޝައިޚް ޒައިދު

ޔޯގާއަކީ ހަމައެކަނި ފިޒިކަލީ ގޮތުން ކޮށްލާ ކަސްރަތެއް ނޫން – ޝައިޚް ޒައިދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔޯގާއަކީ ހަމައެކަނި ފިޒިކަލީ ގޮތުން ކޮށްލާ ކަސްރަތެއް ނޫންކަމަށާއި، އެއީ އިރަށް އަޅުކަން ކުރުމާއި، އިސްލާމް ދީނުގައިވާ އެއްކައުވަންތަ ކުރުމުގެ އަސާސާއި ފުށުއަރާ އެތަކެއް ބަސްތަކާއެކު ކުރާ ކަމެއް ކަމުގައި ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ ކާފިރުން ކުރާ ހުރިހާކަމެއް އަދި މުސްލިމުންނަށް ކުރެވޭކަށް ނޯވޭކަމަށެވެ. އަދި އެކަން ދެނެތިބުމަށްވެސް ޝައިޚް ވިދާޅުވެފައިވެއެވެ.

ޝައިޚް މިދައިން ޓްވީޓް ކުރެއްވުމުން އެޓްވީޓަށް ގިނަބަޔަކު ރައްދުވެސް ދީފައިވެއެވެ. އެގޮތުން މީހަކު ޝައިޚް އަށް ދިން ރައްދެއްގައި ، ދިވެހިރާއްޖޭގެ ކޯޓްތަކުން ހިތުހުރިހާ ގޮތަކަށް ހުކުމްތައް ނެރޭއިރު އެކަމަށް ރުހިގެންތިބެނީ ކީއްވެތޯ އާއި ހަމަ އެގޮތް ބޭނުންވަނީތޯ އެމީހާ ސުވާލުކޮށްފައިވެއެވެ.

އަދި އެޓްވީޓަށް އިތުރު އެހެންމީހުންވެސް ރައްދުދީފައިވާއިރު އެތަނުން އެހެންމީހަކު ބުނެފައިވަނީ ގިނަގިނައިން ސުންނަތް ނަމާދު ކުރުމުން ޔޯގާއަށްވުރެ މާރަނގަޅުވާނެކަމަށެވެ.

ޝައިޚް ޢަލީ ޒައިދު ފާހަގަވެފައިވަނީ ދީނީގޮތުން ބަސްފުޅު ވިދާޅުވުމުގައި ޖެހިލުން ކުޑަ އަދި ވިދާޅުވާންޖެހޭ އެއްޗެއް ވިދާޅުވާން ބޭނުންފުޅުވާ ދަނޑިވަޅުގައި ފަސްޖެހުމެއްނެތި ވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.

ޓެގް

ޔޯގާ ކަސްރަތު ޝައިޚް ޒައިދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.