ޚަބަރު ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ބައިވެރިވެ ވަޑައގެންފިއެވެ. އެމަނިކުފާނު އެބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ޔޫއެންޑަބުލިއުޓީއޯ ކޮމިޝަން އޮފް ސައުތު އޭޝިއާގެ މިހާރުގެ ޗެއަރގެ ހައިސިއްޔަތުންނެވެ.

ޔޫއެންޑަބުލިއުޓީއޯގެ އެގްޒެކެޓިވް ކައުންސިލް 113 ވަނަ ބައްދަލުވުމާއި ގުޅުވައިގެން ބޭއްވި މިބައްދަލުވުން އޮތީ މިމަހުގެ 18 ވަނަ ދުވަހު ސްޕެއިންގެ މެޑްރިޑްގައެވެ.

މިބައްދަލުވުމުގެ ޝިއާރަކީ ދުނިޔޭގެ ފަތުރުވެރިކަމަށް ކޮވޑް-19 އާއި ގުޅިގެން ދިމާވެފައިވާ ހާލަތަށް ހައްލެއް ހޯދައި، މާނަވީ ގޮތެއްގައި ފަތުރުވެރިކަން އަލުން ފެށުމެވެ.

ޓެގް

ޑރ.މައުސޫމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.