ޚަބަރު ނަގުދު ފައިސާ އެތެރެކުރުމާއި، ބޭރުކުރުމުގެ މިންގަނޑަށް ބޮޑުބަދަލެއް ގެނެސްފި

ނަގުދު ފައިސާ އެތެރެކުރުމާއި، ބޭރުކުރުމުގެ މިންގަނޑަށް ބޮޑުބަދަލެއް ގެނެސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއަށް ނަގުދު ފައިސާ އެތެރެކުރުމާއި ބޭރުކުރުމުގައި ކަސްޓަމްސަށް ރިޕޯޓްކުރަންޖެހޭ މިންވަރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޮޑު ބަދަލު ގެނެސްފިއެވެ.

އެގޮތުން އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައި، ރިޕޯޓްކުރަންޖެހޭ މިންވަރު 10،000 ޑޮލަރަށް ވަނީ ދަށްކޮށްފަ އެވެ. އެހެންވެ، އެ އަދަދު ނުވަތަ އެއަށް ވުރެ މަތީ އަދަދެއްގެ ނަގުދު ފައިސާ އެތެރެކުރާ ނަމަ ނުވަތަ ބޭރުކުރާ ނަމަ، ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭނެ އެވެ.

ދިވެހި ރުފިޔާ އިން ނުވަތަ ބޭރުގެ އެހެން ފައިސާއަކުން ވެސް ވިޔަސް، އެ އަދަދު ނުވަތަ އެއަށް ވުރެ މަތީ އަދަދެއް ނަމަ، ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭނެ އެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭ އިން ހަދާފައިވާ ގަވާއިދު ކުރިން އޮންނަ ގޮތުން ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާގެ ތެރެއިން ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭނީ 30،000 ޑޮޮލަރު ނުވަތަ އެއަށް ވުރެ މަތީގެ އަދަދުތަކެވެ.

ނަމަވެސް މިދިޔަ އަހަރު އެ ގަވާއިދު އިސްލާހުކޮށް، އެ އަދަދު ވަނީ 20،000 ޑޮލަރަށް ދައްކޮށްފައެވެ.

އެ ގަވާއިދަށް އަމަލުކުރަން ފަށާނީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.

ޓެގް

ފައިސާ މަނީލޯންޑަރިންގ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.