ޚަބަރު މާފުށީ ގެސްޓްހައުސް އެއްގެ ބޭރުގައި ހުރި ކްރިސްމަސް ގަހެއް ފުލުހުން ނަގައިފި

މާފުށީ ގެސްޓްހައުސް އެއްގެ ބޭރުގައި ހުރި ކްރިސްމަސް ގަހެއް ފުލުހުން ނަގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކ.މާފުށިގެ ގެސްޓްހައުސެއްގެ ބޭރުގައި ހުރި ކްރިސްމަސް ގަހެއް، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ނަގައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ރޭ 20:33 ހާއިރު ކ.މާފުށި ކާނި ބީޗް ގެސްޓްހައުސްގެ ބޭރުގައި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ފުށޫއަރާގޮތަށް ކްރިސްމަސް ގަހެއް ބަހައްޓާފައިވާ މައްސަަލައެއް ފުލުހުންނަށް ހުށައެޅިފައިވާ ކަމަށެވެ.

މިއާއި އެކު އެ ގަސް ނެގުމަށް ފުލުހުން މެދުވެރިވެގެން މަޝްވަރާކޮށްގެން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާތީ ކޯޓު އަމުރެއްގެ ދަށުން އެ ގަސް ނަގައި ފުލުހުންގެ މަރުކަޒަށް ގެނެވިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިމައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ޓެގް

މާފުށި ޓޫރިޒަމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.