ޚަބަރު

މިނިސްޓަރ މާރިޔާ ސްރީލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ސްރީލަންކާގެ ޕްރައިމް މިނިސްޓަރ ރާޖަ ބަކްޝާ އާއި ބައްދަލުކުރައްވައިފިއެވެ.

ދެބޭފުޅުންގެ މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި، ސްރީލަންކާގެ ޒަމާންވީ ގުޅުން ދެމެހެއްޓުމުގެ މައްޗަށާއި، ޚާއްޞަކޮށް ދެޤައުމުގެ ދިފާޢީ ގުޅުން އިތުރަށް ވަރުގަދަކޮށް ކުރިއެރުވުމަށާއި، ކޮވިޑްގެ މިޙާލަތުގައި ރާއްޖެއަށް އެހީތެރިކަން ދިނުމާބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވައެވެ.  

ސްރީލަންކާގެ ބޮޑުވަޒިރާއި، މިނިސްޓަރ މާރިޔާ ބައްދަލުކުރެއްވީ މެރިޓައިމް ސެކިއުރިޓީއާ ގުޅޭ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ލަންކާއަށް ވަޑައިގެންނެވި ދަތުރުފުޅުގައެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ އެންއެސްއޭލެވަލް މީޓީންގ އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަންގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ސްރީލަންކާއަށް ފުރާވަޑައިގެންފައިވަނީ ހުކުރުދުވަހު ހެނދުނުގެ ވަގުތެއްގައެވެ.

މިއީ ސްރީލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ރަސްމީ ދަޢުވަތަކަށް މިނިސްޓަރ މާރިޔާ ކުރެއްވި ދަތުރުފުޅެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close