ޚަބަރު ސްރީލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ދައުވަތަކަށް މިނިސްޓަރ މާރިޔާ ލަންކާއަށް

ސްރީލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ދައުވަތަކަށް މިނިސްޓަރ މާރިޔާ ލަންކާއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްރީލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ރަސްމީ ދައުވަތަކަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ސްރީލަންކާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިމަހުގެ 27 އިން 28 ގެ ނިޔަލަށް ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ “އެންއެސްއޭލެވަލް މީޓީން އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން” ގައި މިނިސްޓަރު މާރިޔާ ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއީ ސްރީލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ އެ ބައްދަލުވުމުގައި އިންޑިޔާ ކަނޑުގެ ސަރަހައްދަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ދިވެހި ރާއްޖޭގެ އިތުރުން އަވަށްޓެރި އިންޑިޔާ އާއި ސްރީލަންކާ ގެއެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން ވެސް މަޝްވަރާކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އެބައްދަލުވުމުގެ އޮބްޒާވަރުންގެ ތެރޭގައި އަވަށްޓެރި ބަންގްލަދޭޝް އާއި މޮރިޝަސް އަދި ސީޝެލްސް ހިމެނޭ ކަމަށެވެ.

ޓެގް

މާރިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.