ޚަބަރު ކިޔަވައިދޭ ތަންތަނަށް ޒަކާތު ފަންޑުން ދޭންހަމަޖެއްސި އެހީ ޙަވާލުކޮށްފި

ކިޔަވައިދޭ ތަންތަނަށް ޒަކާތު ފަންޑުން ދޭންހަމަޖެއްސި އެހީ ޙަވާލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތަޢުލީމުދޭ ތަންތަނަށް އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުން ދިނުމަށް ސަރުކާރުން ކަނޑައެޅުއްވި އެހީގެ ފައިސާ، ޤުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިއުނިޓީ ޕްރީސްކޫލްތަކަށް ޙަވާލުކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ތަޢުލީމުދޭ މިފަދަ ތަންތަނަށް އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުންވަނީ 1.5މިލިއަން ރުފިޔާގެ ފައިސާގެ އެހީ ދީފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޒަކާތު ފަންޑުން ދީފައިވާ އެހީއަކީ ކޯވިޑް19އާ ގުޅިގެން ޤުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިއުނިޓީ ސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވެދިނުމުގެ ގޮތުން ދިން އެހީއެއްކަމަށެވެ. މި ފައިސާއިން 1 މިލިއަން ރުފިޔާ ދީފައިވަނީ ޕްރީ ސްކޫލްތަކަށެވެ. އަދި ޤުރުޢާން ކްލާސްތަކަށް 5ލައްކަ ރުފިޔާވަނީ ދީފައެވެ.

އޭޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ޖުމްލަ 25 ޕްރީސްކޫލަކަށް އެހީދީފައިވާކަމަށެވެ. އަދި 23 ޤުރުއާން ކްލާހަކަށް އެހީގެ ފައިސާ ދީފައިވާކަމަށެވެ.

ޒާކާތު ފަންޑުން އެހީދޭނެ ފަރާތްތައް ކަނޑައަޅާފައިވަނީ، ފައިސާގެ އެހީ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން އެންމެ ގިނަ މަރކްސް ލިބުނު ފަރާތްތަކަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މަވަނީ ވިދާޅުވެފައެވެ.

ޓެގް

ޒަކާތުފަންޑު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.