ޚަބަރު މިއަހަރުގެ ޤައުމީ އިނާމު ދިނުމުގެ އިހުތިފާލް ފަސްކޮށްފި

މިއަހަރުގެ ޤައުމީ އިނާމު ދިނުމުގެ އިހުތިފާލް ފަސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޯވިޑް-19 އިގެ ހާލަތާ ގުޅިގެން ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ، މިއަހަރު ނުބާއްވަވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން މިއަހަރުގެ ޤައުމީ އިނާމު ދިނުމުގެ އިހުތިފާލް ސަރުކާރުން ފަސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ދެއްވަމުން ގެންދަވާ ޤައުމީ އިނާމު، މިއަހަރު ދެއްވުން ފަސްކުރެއްވި ނަމަވެސް ކޯވިޑު-19ގެ ހާލަތު، ޢާންމު ހާލަތަކަށް ބަދަލުވުމުން، ޤައުމީ އިނާމު ދެއްވުމަށް ޚާއްޞަ ޖަލްސާއެއް ބާއްވަވާނެކަމަށާއި، މި ޖަލްސާ ބާއްވަވާނެ ތާރީޚު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަހުން އިޢުލާން ކުރައްވާނެކަމަށް އެއޮފީހުން ވިދާޅުވެއެވެ. ކޮންމެ އަހަރަކުވެސް ރާއްޖޭގައި ޤައުމީ ދުވަސް ކުލަގަދަކޮށް އަންނަނީ ފާހަގަކުރަމުންނެވެ.

މިއަހަރުގެ ޤައުމީ ދުވަހު ބާއްވަވާ ޚާއްޞަ ޖަލްސާ ނުބޭއްވުމަށް ސަރުކާރުން ނިންމާފައިވުމުން މާލޭގައި އެއްވެސް ހަރަކާތެއް ދުވަހާއި ގުޅިގެން ކުރިއަށް ނުދާނެކަަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. ނަމަވެސް ކޮންމެ އަހަރަކު އުތީމުގައި ބާއްވާ ޖަލްސާ މިއަހަރުވެސް ރަށު ފެންވަރުގައި ބާއްވާނެކަމަށާއި، ނަމަވެސް މާލެއިން އެއްވެސް ވަފުދެއް އެރަށަށް މިއަހަރު ނުދާނެކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

ޤައުމީ ދުވަހަކީ ރަބީއުލް އައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ޓެގް

ޤައުމީދުވަސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.