ޚަބަރު ތެޔޮޓޭންކަރުގެ ނުރައްކަލެއް ރާއްޖެއަކަށް ނެތް – ކޯސްޓްގާޑް

ތެޔޮޓޭންކަރުގެ ނުރައްކަލެއް ރާއްޖެއަކަށް ނެތް – ކޯސްޓްގާޑް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްރީލަންކާ ކައިރިން ދަތުރު ކުރަނިކޮށް ރޯވި ތެޔޮ ޓޭންކަރުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނެތްކަމަށާއި، ރާއްޖޭގެ ކަނޑަށް ތެޔޮ އެޅުމުގެ ފުރުސަތު ކުޑަ ކަމަށް ކޯސްޓް ގާޑުން ބުނެފިއެވެ.

އަލިފާން ހިފާފައިވަނީ ކުވެއިތުގެ ބަނދަރުން ދެ މިލިއަން ފީފާ ތެޔޮ ބަރު ކޮށްގެން އިންޑިއާގެ “ޕްރަދީޕް” ބަނދަރާ ދިމާއަށް މިސްރާބު ހިފާފައި ހުރި “ނިއު ޑައިމަންޑް” ނަމަކަށް ކިޔާ ޓޭންކަރެއްގައެވެ. އެ ޓޭންކަރުން އަދި މިހާތަނަށް ތެޔޮ ލީކުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

އެކަމާއި ގުޅިގެން ކޯސްޓް ގާޑް އާއި އެންވަޔަރަމެންޓް މިނިސްޓްރީ އަދި މޯލްޑިވްސް މިޓިއަރޮލޮޖިކަލް ސާވީސް ގުޅިގެން ވަނީ ހުކުރު ދުވަހު ޕްރެސް ކޮންފަރެންސެއް ބާއްވާފައެވެ. އެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކޯސްޓްގާޑްގެ ކޮމާންޑަންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ، ޓޭންކަރުގައި އަލިފާނުގެ ހާދިސާ ހިނގުމާއި އެކު ސްރީލަންކާގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޓަރުން އެ މައުލޫމާތު ރާއްޖޭގެ ކޯސްޓް ގާޑާއި ހިއްސާ ކޮށްފައިވާ ކަމަށެވެ.

އެ ޓޭންކަރުގައި އަލިފާން ހިފީ އިންޖީނުގެ ބޯއިލަރެއްގައި ރޯވެގެންނެވެ. ސަލީމް ވިދާޅުވީ، ބޯޓުން ތެޔޮ ލީކްވެ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ތެޔޮ އެޅިދާނެ ހަލާތެއްގައި އަމަލު ކުރާނެ ގޮތާއި، އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާ، އެންވަޔަރަމެންޓް މިނިސްޓްރީއާ ގުޅިގެން ޓާސްކު ފޯހެއް އެކުލަވާލައި އެކަން ބަލަމުންދާ ކަމަށެވެ. އެކަމަކު އަދި މިހާތަނަށް އެކަމުގެ ނުރައްކަލެއް ރާއްޖެ އަށް އޮތް ކަމަށް ލަފާ ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

ޓެގް

ކޯސްޓްގާޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.