ޚަބަރު އޮގަސްޓްމަހު ރާއްޖެއަށް ޒިޔާރަތްކުރީ 7628 ފަތުރުވެރިން

އޮގަސްޓްމަހު ރާއްޖެއަށް ޒިޔާރަތްކުރީ 7628 ފަތުރުވެރިން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖުލައި މަހު ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 9329 ފަތުރުވެރިންކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ވިދާޅުވެއްޖެއެވެ.

އެއީ ޖުލައިމަހު ޒިޔާރަތްކުރި 1701 ފަތުރުވެރިންނާއި، އޯގަސްޓްމަހު ޒިޔާރަތްކުރި 7628 ފަތުރުވެރިންނެވެ. އެހެންކަމުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު މިހާތަނަށް ރާއްޖެ ޒިޔާރަތްކުރީ ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 9329 އެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ.

އިމިގްރޭޝަންގެ މި ތަފާސް ހިސާބުތަކަށް ބަލާއިރު ޖުލައިމަހާ އަޅާބަލާއިރު އޮގަސްޓްމަހު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ޢަދަދު ވަނީ އިތުރުވެފައެވެ.

އޮގަސްޓްމަހު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި 3 ޤައުމުގެ ތެރޭގައި ހިމެނެނީ ޔޫ.އޭ.އީ، އިނގިރޭސިވިލާތް އަދި އެމެރިކާއެވެ. ޔޫއޭއީ އިން 1627 ފަތުރުވެރިން ޒިޔާރަތްކުރިއިރު، އިނގިރޭސިވިލާތުން 715 އަދި އެމެރިކާއިން 674 ފަތުރުވެރިން ނިމިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ޓެގް

ޓޫރިޒަމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.