ޚަބަރު ވެންޓިލޭޓަރުތައް ރާއްޖެ ނާންނާނެކަމަށް މިނިސްޓްރީން ނިންމާފައިނުވާނެ – މިނިސްޓަރ އަމީން

ވެންޓިލޭޓަރުތައް ރާއްޖެ ނާންނާނެކަމަށް މިނިސްޓްރީން ނިންމާފައިނުވާނެ – މިނިސްޓަރ އަމީން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހެލްތް މިނިސްޓްރީން މިހާތަނަށްވެސް ކުރެވިފައިވާ މުޢާމަލާތްތަކަށް ބަލާއިރު ވެންޓިލޭޓަރުތައް ރާއްޖެ ނާންނާނެކަމަށް މިނިސްޓްރީން ނިންމާފައިނުވާނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދުބާއީގެ އެގްޒިކިއުޓާސް ޖެނރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެންނަން މަސައްކަތްކުރި 70 ވެންޓިލޭޓަރު ގެނައުން ލަސްވުމުން ފެންމަތިވިކަންކަމާއި ގުޅިގެން ވެންޓިލޭޓަރުތަކުގެ ކަންކަން ވެރިފައިކުރަން ގިނަ މަސައްކަތްތައްކާއި މުއާމަލާތުތަކެއް ކުރެވުނުކަމަށެވެ.

އެގޮތުން ގުޅައިގެންނާއި އެނޫންވެސް ގޮތްގޮތުން ބްރޭންޑްތައް ދެނެގަތުމާއި ފެކްޓްރީތަކުގައި އެތަކެތި ހުރިކަންވެސް ދެނެގަނެވޭވަރަށް ފޮޓޯތަކާއި ވީޑިއޯތައްވެސް މިނިސްޓްރީއަށް ލިބިފައިވާކަމަށެވެ. އަދި އޮޑިޓް ރިޕޯޓު ނެރުމާއި ހިސާބަށްވެސް އަދި މިއަދާއި ހިސާބަށްވެސް އެކި މަރުހަލާތަކުގައި މިތަކެތި ގެނައުމަށް މުއާމަލާތްތައް ކުރެވިފައި ހުރުމުން ވެންޓިލޭޓަރުތައް ރާއްޖެ ނާންނާނެކަމަށް މިނިސްޓްރީން ނިންމާފައިނުވާކަމަށް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.

“ކުރެވުނު ހުރިހާ މުއާމަލާތެއް އެހުރީ އޭގެތެރޭގައި އެފަރާތުން ހުށައެޅި މައްސަލަތަކާއި މިނިސްޓްރީން ދެކެވުނުވާކަތަކާއި، ދެފެރާތުން އެއްބަސް ނުވެވިއްޖެހާލަތެއްގައި ދެން އަމަލުކުރާނެގޮތްވެސް ހުންނާނެ. ދެން އަޅުގަނޑުމެންނަށް ލިބިފައިހުރި ބްރީފްތަކާއި އެންގޭޖްވި މިންވަރަށްބަލާއިރު އަދިވެސް އެ ވެންޓިލޭޓަރުތައް ނުލިބޭނެ ހާލަތެއް އޮތްކަމަށް ނުބުނޭ އެކުންފުނިން. އަދި އޮތް މުއާމަލާތް ނުގެއްލޭ ވެންޓިލޭޓަރުތައް ނުފޮނުވާނެކަމަށްވެސް ނުބުނޭ.” މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ ވިދާޅުވީ މިކަމުގައި ފައިސާ ދެއްކުމުގައި ހުރި ކަންކަމުގައި އެބަސްވުމަކަށް އަންނަން ފަހުން ޖެހިގެން ދިގުލައިގެންދިޔަކަމަށް އެކމަނިކުފާނަށް މައުލޫމާތު ލިބިފައިވާކަމަށާއި މިކަމުގައި ވަރަށް ބޮޑަށް ލަސްވެފައިވުމުން އެތަކެތި ގެނައުމަށް މިހާރުވެސް މުހިއްމު މަސައްކަތްތަކެއް ކުރެވެމުންދާކަމަށެެވެ. އަދި ވެންޓިލޭޓަރުތައް އެވޯޑްކުރި މަރުހަލާގައި ޔޫއޭއީގައި ހުންނަ ދިވެހި އެބަސީ ބައިވެރިނުކުރެވުނުނަމަވެސް ގެނައުމުގައި ލަސްތަކެއް ވެފައިވާތީ އެމްބަސީއާއެކު މިކަމުގައި ކާމިޔާބު މަސައްކަތެއްކުރެވިފައިވާކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ،

މާލިއްޔަތު ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ކޮމިޓީއަށް ހާޒިރުވި މިނިސްޓްރީގެ ޓީމްގެ ބޭފުޅުންވަނީ ވެންޓިލޭޓަރުތައް ގެނައުމަށްޓަކައި މިހާރުވެސް މުއާމަލާތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިމަހުގެ 30 ހިސާބުގައި އޭގެ ތެރެއިން ޕޯޓަބަލް ވެންޓިލޭޓަރތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ވެންޓިލޭތަރުތައް ގެންނަން ހަވާލުކުރި ކުންފުނިތަކުގެ ތެރެއިން މެޑްޓެކް ފިޔަވާ އެހެން އެއްވެސް ކުންފުންޏާކާއި ހާވާލުކުރި ވެންޓިލޭޓަރުތައް އަދިވެސް ލިބިފައި ނުވާކަމަށް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވި މިނިސްޓްރީގެ ޓީމުންވަނީ ފާހަގަކޮށްފައެވެ.

ޓެގް

ވެންޓިލޭޓަރ ހެލްތްމިނިސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.