ޚަބަރު ޓޫރިޒަމް ދާއިރާގެ ސީނިއަރ މެނޭޖްމަންޓުގެ 60 ޕަސެންޓް ވަޒީފާ ދިވެހިންނަށްދޭން ފާސްކޮށްފި

ޓޫރިޒަމް ދާއިރާގެ ސީނިއަރ މެނޭޖްމަންޓުގެ 60 ޕަސެންޓް ވަޒީފާ ދިވެހިންނަށްދޭން ފާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓޫރިޒަމް ދާއިރާގެ ސީނިއަރ މެނޭޖްމަންޓުގެ ވަޒީފާތަކުގައި 60 ޕަސެންޓް ވަޒީފާ ދިވެހިންނަށް ދިނުމަށް ފާސްކޮށްފިއެވެ.  

އިވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ވަޒީފާއާބެހޭ ޤާނޫނަށް ހުށަހެޅި މިއިސްލާޙް އިޖުތިމާއީ ކޮމެޓީއިން ފާސްކޮށްފައިވަނީ މިއަދުއެވެ.

މި އިސްލާޙްގެ އިތުރަށް ޝިފާއު ވަނީ އިތުރު އިސްލާޙެއް ވެސް އެ ޤާނޫނަށް މިއަދު އޮތް އިޖުތިމާޢީ ކޮމެޓީއަށް ހުށަހަޅައި ފާސްކޮށްފައެވެ.

ޝިފާޢު ހުށަހަޅުއްވައި އިޖުތިމާޢީ ކޮމެޓީއިން ފާސްކުރި ދެވަނަ އިސްލާޙަކީ 50 މުވައްޒަފުންނަށް ވުރެ ގިނައިން މަސައްކަތްކުރާ ކުންފުނިތަކުގައި މުވައްޒަފުންނާއި ބެހޭ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަން ވާނީ ދިވެހި މުވައްޒަފެއް ކަމަށެވެ.

މި އިސްލާހުތައް ބިލަށް ގެންނަން ރޭ ކޮމެޓީއިން ވަނީ ފާސްކޮށްފައެވެ.

މި އިސްލާހުތަކަށް އަމަލު ކުރަން ފަށާނެ ތާރީޚަކާ މެދު ކޮމެޓީގައި ބަހުސް ކުރެވުނެވެ. ކޮމެޓީއިން ފާސް ކުރީ އިސްލާހަށް އަމަލު ކުރަން ފަށާތާ 5 އަހަރު ފަހުން އެއަށް އަމަލު ކުރަން ޖެހޭ ގޮތަށެވެ.

މި ދެ އިސްލާޙް ކޮމެޓީ މަރުހަލާއިން ފާސްވުމާއި ގުޅިގެން ޝިފާއު ވިދާޅުވީ “ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގެ ފުރިހަމަ މަންފާ ދިވެހިންނަށް ފުރިހަމައަށް ލިބެންޖެހޭނެ” ކަމަށެވެ.

ޓެގް

ޓޫރިޒަމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.