ޚަބަރުވިޔަފާރި

ސްމާޓް 7 ގެ ދެވަނައަހަރީ ޕްރޮމޯޝަންގެ ގުރުނަގައިފި

ފުޅާދާއިރާއެއްގައި ނ.ލަންދޫގައި ހިންގަމުންގެންދާ ރިޓެއިލް ފިހާރައެއްކަމުގައިވާ ސްމާޓް 7 ގެ ދެވަނަ އަހަރީ ޕްރޮމޯޝަންގެ ގުރުނެގުން އިއްޔެ ބާއްވައިފިއެވެ.

ސްމާޓް 7 ގެ ދެވަނަ އަހަރީޕްރޮމޯޝަންގެ ގުރުނަގައި އިނާމްތައް ލިބުނު ފަރާތްތަކަށް އިނާމުތައް ހަވާލުކުރުން އޮތީ އިއްޔެ ހަވީރު ސްމާޓް 7 ފިހާރަ ސަރަޙައްދުގެ މަގުމަތީގައި ބޭއްވި ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގައެވެ.

ސްމާޓް 7 ގެ ދެވަނަ އަހަރީ ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް އޮޓޯ ދޮންނަމެޝިނެއް ހުށަހަޅާފައިވާ މިޕްރޮމޯޝަންއަކީ 200 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް 3 މަސްދުވަހުގެ މުއްދަތަށް ހިންގުނު ޕްރޮމޯޝަނެކެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ކޫޕަނެއް ދީގެން މިޕްރޮމޯޝަން ކުރިއަށް ގެންދިޔައެވެ.

އަގުހުރި ތަފާތު އިނާމްތަކެއް، ޖުމުލަ 10 ފަރާތަކަށް ލިބޭގޮތަށް ކުރިއަށް ގެންދިޔަ މިޕްރޮމޯޝަންގެ ވަނަތައް އިޢުލާންކޮށް ޚާއްޞަ ރަސްމިއްޔާތުގައި ނަޞީބުވެރިންނަށް ވަގުތުން ވަނީ އިނާމްތައް ޙަވާލުކޮށްފައެވެ.

1 ވަނަ އިނާމް، (އޮޓޯ ދޮންނަ މެޝިނެއް) ލިބުނީ ފަރީޝާ ސައީދު ސަނަމް ނ.ލަންދޫ އަށެވެ. 2 ވަނަ އިނާމް، (މައިކްރޯވޭވް އަވަން) ޙައްވާ ނައިޝާ ނަސީމް ނ.ލަންދޫ އަށް ލިބިފައިވާއިރު 3 ވަނަ އިނާމް، (ރައީސް ކުކަރެއް) ލިބުނީ ސަމުސުންނިޝާ އަބޫބަކުރު ސާލު ނ.ލަންދޫ އަށެވެ. 4 ވަނައިނާމަކަށް ހުށަހަޅާފައިވާ މިކްސްޗަރެއް ލިބުނީ ފަހީމާ އިބްރާހިމް ފެންފިނިމާގެ ނ.ލަންދޫ އަށެވެ. 5 ވަނައަށް ހޮވުނީ ޢަބުދުއްނާޞިރު ޢަބުދުﷲ ނޫރަންގެ ނ.ލަންދޫއެވެ. 5 ވަނަ އިނާމަކަށް ދީފައިވަނީ ގޭސް އުނދުނެކެވެ.

އަދި މީގެ އިތުރުންވެސް އިތުރު 5 ފަރާތަކަށް ވަނީ އެ ރަސްމިއްޔާތުގައި އިނާމް ޙަވާލުކޮށްފައެވެ. އިނާމްތައް ޙަވާލުކޮށްދެއްވީ ޚާއްޞަ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ނ.ކެނދިކުޅުދޫ ކުރީގެ ބޮޑުކަތީބު އަލްފާޟިލް ޢަބުދުﷲ މަހަމޫދު އާއި، ސްމާޓް 7 ގެ އޯނަރ އަލްފާޟިލް ޙަސަން ނަޞީރު އާއި، ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ޚާއްޞަ ޢިއްޒަތްތެރިންނެވެ.

މިކަމަށްޓަކައި ސްމާޓް 7 ގެފަރާތުން އިންތިޒާމްކުރި މި ޚާއްޞަ ރަސްމިއްޔާތުގައި ސްމާޓް 7 ގެ ގިނަ އަދަދެއްގެ ކަސްޓަމަރުންނާއި، ލަންދޫ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވިއެވެ.

ސްމާޓް 7 އަކީ ނ.ލަންދޫ އަމާޒު އަލްފާޟިލް ހަސަން ނަޞީރުގެ މަސްޢޫލް ވެރިކަމުގެ ދަށުން 16 ޖެނުއަރީ 2018 އިން ފެށިގެން މެދުނުކެނޑި ލަންދޫގައި ފުޅާދާއިރާއެއްގެ ރިޓެއިލްކޮށް ވިޔަފާރިކުރަމުން އަންނަ ލަންދޫ ރައްޔިތުންގެ ލޯބި ހޯދާފައިވާ ގިނަބަޔަކު އިތުބާރުކުރާ ފިހާރައެކެވެ.        

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close