ޚަބަރު ޑރ.މައުސޫމަށް ރުހުންހޯދުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ޑރ.މައުސޫމަށް ރުހުންހޯދުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރައްޔިތުން މަޖިލީހުން ރުހުން ހޯދުމަށް މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

 

ޑރ.މައުސޫމް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި މަހުގެ 6ވަނަ ދުވަހުއެވެ. މައުސޫމް އެންމެ ފަހުން ހުންނެވީ، ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރަކަށެވެ. އޭނާ މިދިޔަ އަހަރުގެ ތެރޭގައި އެ މަގާމަށް އައްޔަން ކުރީ ވެރިކަން ކުރާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

 

ޑރ.މައުސޫމަކީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި މައުމޫންގެ ވެރިކަމުގައި އެންވަޔަރަމަންޓް މިނިސްޓަރަކަށާއި ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކެއް ވެސް ފުރުއްވިއެވެ.

މައުސޫމް، ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަންކޮށްފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި، އަލީ ވަހީދު ވަކިކުރެއްވުމާ ގުޅިގެންނެވެ.

ޓެގް

ޑރ.މައުސޫމް ޓޫރިޒަމްމިނިސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.