ޚަބަރު ދިވެހި ކޮންމެ ރައްޔިތަކަށް ރަމަޟާން އިނާޔަތް ލިބެންޖެހޭނެ – ޖާބިރު

ދިވެހި ކޮންމެ ރައްޔިތަކަށް ރަމަޟާން އިނާޔަތް ލިބެންޖެހޭނެ – ޖާބިރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަމަޟާން މަހުގެ އިނާޔަތް ހުރިހާ ރައްޔިތުންނަށް ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަން ޑީއާރުޕީން ނިންމައިފިއެވެ.  

ޑީއާރުޕީގެ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ ޖާބިރާ ހަވާލާދީ އެ ޕާޓީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރޯދަ މަހުގެ އިނާޔަތަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ދޭ އެއްޗެއް ކަމަށެވެ. އެހެން ކަމުން ކޮންމެ ދިވެހި ރައްޔިތަކަށް ރޯދަ އިނާޔަތަކީ ލިބެންޖެހޭ އެއްޗެއް ކަމަށެވެ.

އަދި އެކަމަށް މަޖިލީހުގެ ތަޅުމުގައި ވަކާލާތު ކުރައްވާނެ ކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.

ޖާބިރު މިފަދަ ގަރާރެއް ހުށަހަޅަން ނިންމަވާފައި މި ވަނީ ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 ރާއްޖެއިންވެސް ފެނިފައި ވުމާއި އެކު، އިގްތިސާދަށް އަސަރުކޮށް ގިނަ ދިވެހި މަސައްކަތްތެރިންނަށް ރޯދަ އެލަވެންސް ނުލިބިދާނެ ކަމުގެ ބިރު ކުރިމަތިވެފައިވަނިކޮށެވެ.

ޓެގް

ޑީއާރުޕީ ޖާބިރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.