ޚަބަރު “ކްލެވަރ ކިޑްސް” ޢަލީ ރަމީޒްގެ ޚާއްޞަ ޕްރޮގްރާމެއް ތުއްތު ކުދިންނަށް

“ކްލެވަރ ކިޑްސް” ޢަލީ ރަމީޒްގެ ޚާއްޞަ ޕްރޮގްރާމެއް ތުއްތު ކުދިންނަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތުއްތު ކުދިންނަށް ޚާއްޞަކޮށްގެން “ކްލެވަރ ކިޑްސް” ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ޢަލީ ރަމީޒްގެ ޔޫޓިއުބް ޗެނަލްގައި ފައްޓަވައިފިއެވެ.

މިއީ ތުއްތު ކުދިންގެ ހިތްތަކުގައި ޤުރުއާނަށާއި، އިސްލާމް ދިނަށް ލޯބި ޖެއްސުމުގެ މަޤްޞަދުގައި ފެއްޓެވި ޕްރޮގްރާމެއް ކަމަށް ޢަލީ ކުރެއްވި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އަލީ ރަމީޒު ވިދާޅުވީ މި ޕްރޮގްރާމް ދެ މަސް ދުވަސް ވަންދެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި މިޕްރޮގްރާމްގައި ބައިވެރިވެވޭނީ 10 އަހަރުން ދަށް އުމުރުފުރާގެ ކުދިންނަށް ކަމަށެވެ.

އަދި މިޕްރޮގްރާމްގައި ކުދިން ބައިވެރި ކުރަން ބޭނުންވާ ފަރާތްތަކުން ތުއްތު ކުދިންގެ ޤުރުއާން ކިޔެވުމާއި އަދި ދުޢާ ކިޔުން ލޭންޑްސްކޭޕް ކޮށް ވީޑިއޯ ރިކޯޑް ހެއްދެވުމަށް ފަހު ޢަލީގެ ޓެލެގްރާމް އެކައުންޓަށް ފޮނުއްވައި ދެއްވުން އެދޭ ކަމަށް އަލީ ރަމީޒް ވިދާޅުވިއެވެ. އަދި ރިކޯޑިން 1މިނެޓަށް ވުރެ ދިގު ނުކުރެއްވުމަށް އެދިފައިވެއެވެ.

އަދި މިކަމަށް ތުއްތު ކުދިންގެ މައިންބަފައިންގެ އެއްބާރުލުމާއި ތަރުޙީބު ލިބޭނެކަމަށް އުއްމީދު ކުރަށްވާކަމަށް އަލީ ރަމީޒް ވިދާޅުވިއެވެ.

ޓެގް

ތުއްތުކުދިން ޢަލީރަމީޒް ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.