ޚަބަރު ނުބައި ނުލަފާ މަދު ބަޔަކާ ހެދި އެންމެނަށް އެއްޗިހި ނުކިޔުއްވާ – ޝެއިޚް ޒައިދު

ނުބައި ނުލަފާ މަދު ބަޔަކާ ހެދި އެންމެނަށް އެއްޗިހި ނުކިޔުއްވާ – ޝެއިޚް ޒައިދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނުބައި ނުލަފާ މަދު ބަޔަކާ ހެދި އެންމެނަށް އެއްޗިހި ނުކިޔުއްވުމަށް ރައްޔިތުންގެ ކިބައިން ޝެއިޚް ޢަލީ ޒައިދު އެދިވަޑައިގެންފިއެވެ.

ސޯޝަލް މީޑިއާގައި ވަކިންޚާއްޞަކޮށް ޓްވިޓަރގައި ވަރަށް އެކްޓިވް ބޭފުޅެއްކަމުގައިވާ ޝެއިޚް ޢަލީ ޒައިދު މިކަމަށް އެދިވަޑައިގެންނެވީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

މުދިމެއް ނުބައި ކަމެއް ކުރުމުން އެކަން ބޮޑު ވާނެ! ނަމަވެސް އެންގިލައްވާތޯ ބައެއް މުދިމުން މުދިން ކަން ކުރަނީ ދީންވެރި ވެގެން ނޫން ކަން! ސީދާ ލާރި އަށް ކަން! ކިޔާ އަޑު އިވޭ ބައެއް މުދިމުންގެ ތެރޭގަ އުޅޭއޭ ސިހުރު ހަދާ މުދިމުން ވެސް. ވީމާ ނުބައި ނުލަފަ މަދު ބަޔަކާ ހެދި އެންމެނަށް އެއްޗިހި ނުކިޔުއްވާ!  ޝެއިޚްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޝެއިޚް ޢަލީ ޒައިދަކީ ދީނުގައި ކަންކަން އޮތްގޮތް ހާމަކޮށްދެއްވުމުގައި ޖެހިލުން ކުޑަކަމާއެކު ސީދާ ބަސްފުޅު ވިދާޅުވާ ބޭފުޅެއްކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ތުއްތު ކުއްޖާ ރޭޕްކުރި މައްސަލައިގައި ޝެއިޚް ޒައިދު ވިދާޅުވީ އެކަން ކުރިމީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރަން ޖެހޭނެކަމަށެވެ.

ޓެގް

ޝައިޚް ޒައިދު ރޭޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.