ޚަބަރު ހިމަބިއްސާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޒިންމާދާރުވާން އިލްތިމާސްކޮށްފި

ހިމަބިއްސާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޒިންމާދާރުވާން އިލްތިމާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހިމަބިއްސާއި ގުޅޭ މަޢުލޫމާތު އާއްމުންނާއި ހަމައަށް ގެނެސްދިނުމުގައި ޚަބަރުފަތުރާ ވަސީލަތްތަކުން ޒިންމާދާރުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މީޑިއާ ކައުންސިލުންބުނެފައި ވަނީ ހިމަބިހި ރާއްޖެއިން ފެންނަމުންދާކަން ހެލްތް މިނިސްޓްރީއިން އިޢުލާންކޮށްފައިވާއިރު، އެކަމާއި ގުޅިގެން މި ދަނޑިވަޅުގައި ގެނެސްދޭ ކޮންމެ މަޢުލޫމާތަކީވެސް ސައްޙަ މައުލޫމާތުކަން ޔަޤީން ކުރަންޖެހޭކަމަށެވެ.

އަދި މަޢުލޫމާތު ގެނެސްދިނުމުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން ނުއުފެދޭނެ ފަދަ ގޮތަކަށް މަޢުލޫމާތު ގެނެސްދިނުމަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ މީޑިއާތަކުން ޢަމަލުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލްއިން އެކުލަވާލާފައިވާ އަސާސީ އަޙްލާގީ މިންގަނޑުގައިވާގޮތުން މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކުރާ ޚަބަރާއި މަޢުލޫމާތަކީ ސައްޙަ ތެދު މަޢުލޫމާތުކަން ކަށަވަރުކުރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭނެ ކަމަށް އެކައުންސިލުން ބުނެފައިވެއެވެ.

ޓެގް

ހިމަބިހި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.