ޚަބަރު އިތުރުމީހަކު އަނެއްކާވެސް ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

އިތުރުމީހަކު އަނެއްކާވެސް ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހިމަބިއްސަށް މިއަދު ސްކްރީން ކުރި 10 މީހުންގެ ތެރެއިން އެކަކު ޕޮޒިޓިވްވެފައިވާކަމަށާއި އެއީ އެބައްޔަށް މިހާތަނަށް ޕޮޒިޓިވްވި 3 ވަނަ މީހާކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.  

އެޗްޕީއޭ އިން ވިދާޅުވީ އެ މީހާ އާއިއެކު މިހާތަނަށް 3 މީހުންވަނީ ހިމަބިއްސައް ޕޮސިޓިވްވެފައިކަމަށެވެ. އަދި މި ފަރާތްތަކަށް އެޗްޕީއޭގެ ޚާއްސަ ބެލުމުގެދަށުންދަނީ ފަރުވާދެމުންނެވެ.

ރާއްޖޭއިން ނައްތާލާފައިވާ ހިމަބިހީގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ބަލި ފުރަތަމަ ފެނިފައިވަނީ 3 އަހަރުގެ ކުއްޖެއްގެ ގައިންނެވެ. އަދި އިއްޔެވަނީ 30 އަހަރުގެ ފިރިހެނެއްވެސް ހިމަބިއްސައް ޕޮސިޓިވްވެފައެވެ.

އެޗްޕީއޭއިން ވިދާޅުވެފައި ވަނީ ޕޮސިޓިވްވި ފަރާތްތަކުގެ ތެރޭގައި ހިމެނޭ 3 އަހަރުގެ ކުޑަ ކުއްޖާއަކީ ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައި ނުވާ ކުއްޖެއްކަމަށެވެ.

އަދި އަތޮޅުތަކުގައި މި ބަލި ހުރިތޯ ދެނެގަތުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް މިނިސްޓްރީ ންވަނީ ބުނެފައެވެ.

ޓެގް

ހިމަބިހި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.