ޚަބަރު އިބޫޞޯލިޙް އަށް ތާއީދު ކުރެވުނީތީ ފަޚުރުވެރިވަން – ޑރ.އިޔާޒު

އިބޫޞޯލިޙް އަށް ތާއީދު ކުރެވުނީތީ ފަޚުރުވެރިވަން – ޑރ.އިޔާޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްއަށް ތާއިދު ކުރެވުނީތީ އެކަމާ ފަޚުރުވެރިވާކަމަށައި، ރައީސް ޔާމީނާއި، އަނދިރިއަނދިރިންގެ ކިބައިން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވާނެ ލީޑަރަކީ އިބޫކަމަށް ޤަބޫލުކުރައްވާކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. އެޓްވީޓްގައި ރައީސް ޔާމީނާއި، އަދި އަނދިއަނދިރިންގެ ނަން ގެނެސްފައިވާއިރު އަނދިރި އަނދިރިން ނިސްބަތްވަނީ ކޮން ބޭފުޅަކަށްކަމެއް ނޭންގެއެވެ. ނަމަވެސް ރައީސް ނަޝީދު އެތައް ފަހަރަކު އަނިދިރި ދައުލަތެއްގެވާހަކަ ވިދާޅުވެފައިވާތީ އަނދިރިއަނދިރިން ނިސްބަތްވަނީ ރައީސް ނަޝީދަށްކަމަވެސް ބައެއް މީހުން ބުނެއެވެ.

ޑރ.އިޔާޒަކީ ސިޔާސީ އަދި ދީނީ ވަރަށް ގިނަ ޓްވީޓްތައް ކުރައްވަމުން ގެންދަވާ އަދި ޙައްޤުބަސްބުނުމުގައި ފަސްޖެހިވަޑައިގަތުމެއްނެތި ޤައުމުގެ ބޮޑެތި މައްސަލަތަކުގައި ޙައްޤަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ބަސްބުނެ ދީނީ މިނިވަންކަމަށް ގޮވާލަމުންދާ މި ދުވަސްވަރު ގިނަޢިލްމްވެރިން ގެންދަވަނީ ދީނުގެ ދިފާޢުގައި ހުރިހާދިވެހިން އެކަތިގަނޑަކަށްވެ ތެދުވުމަށް ގޮވާލައްވަމުންނެވެ.

ޓެގް

ޑރ.އިޔާޟް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.