ޚަބަރު

މިއަހަރުގެ ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ލަންދޫގައި ބާއްވައިފި

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ލަންދޫ ކައުންސިލް އިދާރާގައެވެ. ރަސްމިއްޔާތު ފެށުމުގެ ގޮތުން ޤުރުއާން ކިޔެވީ ލަންދޫ ސްކޫލްގެ ދަރިވަރު މުޙައްމަދު އުލްވާނެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ދިދަ ނަންގަވައިދެއްވީ ކައުންސިލްގެ ރައީސް ޝިނާނު ޢަބްދުލްޣަނީއެވެ. މިރަސްމިއްޔާތުގައި ލަންދޫގެ މުއައްސަސާތަކުގެ ވެރިންނާ އެތަންތަނުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މިރަސްމިއްޔާތު  ފެށުމުގެ ގޮތުން ވާހަކަދެއްކެވީ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އަލްފާޟިލް ޙަސަން ނަސީރު އިބްރާހިމެވެ. ނަސީރު ފާހަގަކުރެއްވިގޮތުގައި މީގެކުރިންވެސް މިފަދަ ޚާއްޞަ ދުވަސްތަކުގައި ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވާކަމަށާ އެހެންނަމަވެސް މިފަހަރު މިރަސްމިއްޔާތު މިވަނީ މީގެކުރީގެ ފަހަރުތަކުގައި ކުރިއަށްގެންދާ ގޮތާ ތަފާތުކޮށްލާފައިކަމަށާ މިފަހަރު ހުރިހާ މުއްސަސާއަކުންވެސް ފުރިހަމަ އެއްބާރުލުން ލިބުނުކަމަށެވެ.

ދިދަނަންގަވައި ދެއްވުމަށްފަހު، ޝަރަފްވެރިމެހެމާންގެ ވާހަކަފުޅުދެއްކެވިއެވެ. އެވާހަކަފުޅުގައި ޤައުމީ ދުވަހަކީ ކޮބައިކަމާއި، އެދުވަސް ފާހަގަކުރަން ޖެހުނުގޮތުގެ މައްޗަށާއި، ތާރީޚްގެ ތެރެއިން އެދުވަހުގެ ކަންތައްތައް ހިގައިދިޔަގޮތުގެ މައްޗަށް އަލިއަޅުވާ ލެއްވިއެވެ.

އޭގެފަހުގައި އޮތީ ޤައުމީދުވަހާގުޅޭ ޚާއްސަ މެސެޖް އިއްވުމެވެ. މިނަންބަރު ފުރިހަމަކޮށްދެއްވީ ލަންދޫ ސްކޫލުގެ ގުރޭޑް9 ގެ ދަރިވަރު މުޙައްމަދު މައިޝަންނެވެ.

ރަސްމިއްޔާތު ނިންމާލީ ބައިވެރިންގެ ޝަރަފުގައި އޮތް ބިލެއްމީރުކޮށްލެއްވުމަކުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close