ޚަބަރު ބައެއް ސްކޫލްތަކުގައި ދެނީ ތާޒާނޫން ނާސްތާ – އާދަމް ޝަރީފް

ބައެއް ސްކޫލްތަކުގައި ދެނީ ތާޒާނޫން ނާސްތާ – އާދަމް ޝަރީފް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސްކޫލް ކުދިންގެ ނާސްތާ ޕްރޮގްރާމްގެ ތެރެއިން އެއްވެސް ތާޒާ ކަމެއް ނެތް ނާސްތާ ބައެއް ސްކޫލްތަކުގައި ދަރިވަރުންނަށް ފޯރުކޮށްދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު، އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފައިވާ ރާއްޖެއަށް ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖޭގައި ހައްދައި ކުޑަކުދިންނާއި ސްކޫލު ކުދިން ދުޅަހެޔޮ ކުރުމުގެ ގަރާރަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ ބައެއް ސްކޫލްތަކުން ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދޭއިރު، އެންމެ އެކަށީގެންނުވާ ގޮތެއްގައި އެކަން ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އެކަންކަމަށް ވިސްނައި، އެކަންކަން ރަނގަޅު ކުރަން ޖެހޭނެ ކަމަށްވެސް އާދަމް ޝަރީފު އުމަރު ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ހާއްސަ އިސްކަމެއް ދީގެން ފެށި އެއް މަޝްރޫއުއަކީ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމެވެ. މިދިޔަ ޖޫންމަހު އެކަން ފެށިއިރު، މި ހާތަނަށް އެ ޕްރޮގްރާމާ ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިވިއެވެ. އެގޮތުން ސްކޫލެއްގެ ތަޅުންގަނޑުމަތީގައި ގަނޑުތަކެއް އަޅައިގެން، އެގަނޑުތައް މަތީގައި ކާތަކެތި ބަހައްޓައިގެން ދަރިވަރުންނަށް ނާސްތާ ދިން މައްސަލައާއި، އެއްވެސް ތާޒާ ކަމެއް ނެތް، އަދި ކުނިވެފައވާ ޒާތުގެ ނާސްތާ ބައެއް ސްކޫލްތަކުގައި ދިން މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.

ފުޑް ސެކިއުރިޓީއާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރި އާދަމް ޝަރީފު އުމަރު ވިދާޅުވީ، އެފަދަ މައްސަލަތައް ހައްލު ކުރުމަށްޓަކައި ރާއްޖޭގެ ދަނޑުވެރިކަން ހަރުދަނާ ކުރަން މަސައްކަތްތަކެއް ކުރުމެވެ. އެގޮތުން ރާއްޖޭގެ ގިނަ މީހުންނަކީ ދަނޑުވެރިކަމަށް ޝައުގުވެރިވާ މީހުން ކަމަށާއި، އެ މަސައްކަތް ކުރާ މީހުންނަށް ލިބޭ ހިތްހަމަޖެހުމުގެ ސަބަބުން އެފަދަ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވާ ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

ޓެގް

އާދަމް ޝަރީފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.