ޚަބަރު އެމްއެމްޕީއާރުސީގެ ފައިސާގެ ޚިޔާނާތުގައި ހިމެނޭ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ފަނޑިޔާރުންގެ ޖަމިއްޔާ އިން ގޮވާލައިފި

އެމްއެމްޕީއާރުސީގެ ފައިސާގެ ޚިޔާނާތުގައި ހިމެނޭ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ފަނޑިޔާރުންގެ ޖަމިއްޔާ އިން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފައިސާގެ ބޮޑު ޚިޔާނަތުގައި ފަނޑިޔާރުން ބައިވެރިވާނަމަ އެމީހުންނަށް ފިޔަވަޅު އަޅަން ފަނޑިޔާރުންގެ ޖަމްއިއްޔާ އިން ގޮވާލައިފިއެވެ.

ދިވެހި ފަނޑިޔާރުންގެ ޖަމްއިއްޔާއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްޕީއާރުސީގެ ހިޔާނުތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި، މިވަގުތު މަގާމުގައި ތިއްބެވި ބައެއް ފަނޑިޔާރުން ހިމެނޭކަމަށް، ޕްރޮސިކިއުޓަރ ޖެނަރަލް ވިދާޅުވުމަކީ ދިވެހި ފަނޑިޔާރުންގެ ޖަމުއިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެއްވެސް މިންވަރެއްގެ ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭނަމަ، ކަމާބެހޭ އިދާރާތަކުން އެކަން ބަލައި ތަހުގީގުކޮށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް އެންމެހައި މުއައްސަސާތަކަށް އެޖަމުއިއްޔާއިން ނެރުނު ނޫސްބަޔާނުގައި ގޮވާލައިފައި ވެއެވެ.

މީގެއިތުރުން، މުޖުތަމައުގައި ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދިދާނެ އެއްވެސް އަމަލެއް ފަނޑިޔާރެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވުމަށް އެންމެހައި ފަނޑިޔާރުންނަށް ފަނޑިޔާރުންގެ ޖަމުއިއްޔާއިން ގޮވާލައިފައި ވެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ޕްރޮސެކިއުޓަ ޖެނެރަލް ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ.

ޓެގް

ފަނޑިޔާރު އެމްއެމްޕީއާރުސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.