ޚަބަރުވިޔަފާރި

“ސިންގަލް ވިންޑޯ” އޮޕަރޭޓަރުގެ ޒިންމާ އަދާކުރާނެ، އާ ކުންފުންޏެއް އުފައްދަވައިފި

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް، ކުންފުންޏެއް އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި މި ކުންފުންޏަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކައި “ސިންގަލް ވިންޑޯ” އޮޕަރޭޓަރުގެ ޒިންމާ އަދާކުރާ، ސަރުކާރުގެ ސައްތައިން ސައްތަ ޙިއްޞާ އެކުލެވިގެންވާ ކުންފުންޏެކެވެ.

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން އުފައްދާފައިވާއިރު، ސަރުކާރުން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފައްދާ އެސްއެމްއީ ބޭންކެއްވެސް އުފައްދާފައެވެ. އެ ބޭންކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް އިތުރަށް މަގުފަހިކޮށްދީ، އަދި މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެއެވެ.

ސަރުކާރުގެ އިތުރު ކުންފުންޏެއް އުފެއްދެވިއިރު، އަދުގެ ސަރުކާރުން މީގެކުރިންވެސް ވަނީ ބައެއް ކުންފުނިތައް އުފައްދަވާފަ އެވެ. އެގޮތުން މަގު ހެދުމަށް ޚާއްސަ ކުންފުންޏަކާއި، ގެދޮރުވެރިކަން ފޯރުކޮށްދިނުމަސްވެސް ޚާއްޞަ ކުންފުންޏެއް ވަނީ އުފައްދަވާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close