ޚަބަރު އަލިފާނުގެ ބޮޑު ޙާދިސާ ހިނގީ ގަސްތުގައި ރޯކޮށްލައިގެންތޯ ބަލަނީ

އަލިފާނުގެ ބޮޑު ޙާދިސާ ހިނގީ ގަސްތުގައި ރޯކޮށްލައިގެންތޯ ބަލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔަ ހުކުރުދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ޙާދިސާ ހިނގަން މެދުވެރިވީ ހ.ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނުގައި ބަޔަކު ގަސްތުގައި ރޯކޮށްލައިގެންތޯ ނުވަތަ ނޫންތޯ ބަލަން ފުލުހުންގެ ފޮރެންސިކް ޓީމުން ތަޙްޤީޤު ފަށައިފިއެވެ.

ފުލުހުންއެކަން ތަޙްޤީޤުކުރަމުންދާކަމަށް ބުނެފައިވާއިރު ، އަލިފާނުގެ ބޮޑު ހާދިސާ އަކީ ބަޔަކު ރާވައިގެން ދިން ހަމަލާއެއް ކަމަށް، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ހިމެނޭ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ފޭސްބުކްގައި ލިޔުއްވާފައި ވަނީ “އަލިފާނުގެ ހާދިސާއަކީ ރޭވި އިންތިޒާމްވެގެން ދެވިފައިވާ ޓެރަރިސްޓް ހަމަލާއެއް” ކަމަށެވެ.

މުއިއްޒުގެ މި ތުހުމަތާ ގުޅިގެން ނޫސްވެރިން އަންނަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ފުލުހުންނާ ވެސް ސުވާލުކުރަމުންނެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ ގޮތުން އެ ދެ އިދާރާއިން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެކަަމަކު ފުލުހުން ބުނީ ހުޅުޖެހުމުގެ ހަމަލާތައް ތަހުގީގުކުރާ ޓީމާއި ފޮރެންސިކް ޓީމު ވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަލިފާނުގެ ބޮޑު ހާދިސާގައި ހަ ގެއަކާއި ހަތަރު ގުދަނެއް އަނދައި ހުލިވި އިރު އެކަކު މަރުވެ، 400 ވަރަކަށް މީހުންގެ ގެދޮރު ގެއްލުނެވެ. އެ ހާދިސާގައި ގެދޮރު ގެއްލުނު މީހުންނަށް ސަރުކާރުން ވަނީ ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.

ޓެގް

އަލިފާންރޯވުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.