ޚަބަރު

ޓަގުބޯޓްގައި އަދީބު ފިއްލެވި މައްސަލައިގެ ޙުކުމް އިއްވައިފި

ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު ޓަގުބޯޓެއްގައި ފިއްލެވި މައްސަލައިގައި 3 މަހުގެ ޖަލުޙުކުމެއް އިއްވައިފިއެވެ.

ތިން މަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން މިއަދު އެމަނިކުފާނު ޖަލަށް ލުމަށް ހުކުމްކުރެއްވީ ޕާސްޕޯޓު ހިފަހައްޓައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވުން މަނާ ކުރައްވާފައިވަނިކޮށް ފިއްލަވަން އުޅުއްވުމުންނެވެ. ފިއްލަވައިގެން ވަޑައިގެންނެވީ އިންޑިއާގެ ސޫތުކުޅިއަށެވެ. އެހެނަމަވެސް އިންޑިއާއަށް ވަނަ ނުދެއްވައި އިންޑިއާ ސަރުކާރުން ވަނީ އޭނާ ދިވެހި ފުލުހުންނާ ޙަވާލު ކުރައްވައިފައެވެ.

މި މައްސަލައިގެ އިބުތިދާއީ މަރުޙަލާގައި އަދީބު ވަނީ ކުށަށް އިޢުތިރާފުވެ ވަޑައިގެންފައެވެ. އަދި އެމަނިކުފާނުވަނީ ކޯޓުގައި މަޢާފަށް ވެސް އަދިވަޑައިގެންފައެވެ. އަދީބު ކުށަށް އިޢުތިރާފުވެ ވަޑައިނުގެންނެވިނަމަ އެމަނިކުފާނުގެމައްޗަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ތިންމަހާއި 18 ދުވަހުގެ ޙުކުމެއް އައީސް ކުށަށް އިޢުތިރާފުވެ ވަޑައިގެންނެވުންނެވެ.

މިހާރުވެސް ފުލުހުން ގެންދަވަނީ އަދީބަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ތަޙުޤީޤު ކުރައްވަމުންނެވެ. އޭގެ ކުރިން އެމަނިކުފާނުގެ މައްޗަށް ކުރައްވާފައިވާ 33 އަހަރުގެ ޖަލުޙުކުމްތަކެއް ކޯޓުންވަނީ ބާތިލް ކުރައްވައިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close