ޚަބަރު 7 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަރައްޤީކުރަން ބަޔަކާ ޙަވާލުކޮށްފި

7 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަރައްޤީކުރަން ބަޔަކާ ޙަވާލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލ. ގަމާއި، ގދ. ތިނަދުއާއި، ތ. ތިމަރަފުށްޓާއި، ވ. ކެޔޮދޫއާއި، ހއ. ހޯރަފުށްޓާއި އަދި އައްޑޫ ސިޓީ ފޭދޫގެ އިތުރުން ފުވައްމުލައް ސިޓީގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިކަމަށްޓަކައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އަހްމަދު މަހްލޫފްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހުއެވެ.

ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އާއި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ބައިވެރިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ މިކަމަކީ މީގެ ކުރިން ޔޫތް މިނިސްޓްރީއިން ނުކުރާ ކަމެއް ކަމަށާއި ފުޓްސަލް ދަނޑުގެ މައްސަލަ ވަނީ ބޮޑުވެފައިކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން ދަނޑުތަކުގެ މަސައްކަތް ކުރަނީ މި ދަނޑުތަކުގެ ބޭނުން ހުރިހާ ޒުވާނުންނަށް ބޭނުން ކުރެވޭނެ ގޮތައްކަމަށެވެ.

މިއީ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާގެ މަސައްކަތަކަށްވާއިރު މި މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

ޓެގް

ޔޫތުމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.