ޚަބަރު ސަލާމަތީބާރުތަކުގެ ބޮޑު އޮޕަރޭޝަނުގައި ރޭ އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

ސަލާމަތީބާރުތަކުގެ ބޮޑު އޮޕަރޭޝަނުގައި ރޭ އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

‘މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން’ ތަޙްޤީޤު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން އެ ކޮމިޝަނުން ބަލާފާސްކުރަން ބޭނުންވާ ތަންތަނާއި، މީހުން ބަލާފާސްކުރުމަށް ފުލުހުންނާއި ސިފައިން ހަތިޔާރާއެކު ފެށި ބޮޑު އޮޕަރޭޝަނުގައި ރޭ މާލެއާއި ހުޅުމާލޭގެ ގިނަތަންތަނެއް ފާސްކޮށް ބެލިނަމަވެސް ރޭގެ އޮޕަރޭޝަންގައި އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް އެނގަފައެއް ނެތެވެ. އަދި މީހަކު ހައްޔަރު ކުރިވާހަކަ ފުލުހުންވެސް ވިދާޅެއް ނުވެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ  ތަންތަނާއި މީހުން ބަލާފާސްކުރަނީ އެ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒުކުރުމަށް ކަމަށެވެ.

“ތަންތަނާއި މީހުން ބަލާފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ފުލުހުން” އިޒްމިއާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސަރވިސް ޑިޕާޓްމަންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ފުލުހުން މި އޮޕަރޭޝަންގައި ބައިވެރިވާކަމަށާއި މި އޮޕަރޭޝަން ކުރިއަށް ދާއިރު މާލޭ އާއި އައްޑޫ ސިޓީގެ އާއްމު ސަލާމަތީ ކަންކަންވެސް ފުލުހުން އިތުރަށް ވަރުގަދަކޮށްފައިވާނެ ކަމަށެވެ.

އެއްވެސް ފަރާތަކުން މި މަސައްކަތަށް އެހީތެރިވެވޭފަދަ މަޢުލޫމާތެއް ދެއްވަން ބޭނުންފުޅުވާނަމަ 3322111 ނުވަތަ 119 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށްވެސް ފުލުހުން އެދިލައްވައެވެ.

ޓެގް

ސިފައިން ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.