ޚަބަރު އުކުޅަހު ކޮންވެންޝަން ސެންޓަރު ނިންމާ ކައުންސިލާއި ޙަވާލުކޮށްފި

އުކުޅަހު ކޮންވެންޝަން ސެންޓަރު ނިންމާ ކައުންސިލާއި ޙަވާލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެކި ޙަރަކާތްތައް ކުރިއަށްގެންދެވޭގޮތަށް އުކުޅަހުގައި އަލަށް ތަރައްޤީކުރި “އުކުޅަސް ކޮންވެންޝަން ސެންޓަރ” ޕްލޭނިންގ މިނިސްޓްރީން އުކުޅަހު ކައުންސިލާ ޙަވާލުކޮށްފިއެވެ. އުކުޅަސް ކޮންވެންޝަން ސެންޓަރަކީ 400މީހުންގެ ޖަގައިގެ ސެންޓެރެކެވެ.

ސަރުކާރުން އުކުޅަހުގައި ތަރައްޤީކުރި ކޮންވެންޝަން ސެންޓަރ ނިންމާ އެރަށު ކައުންސިލާއި ޙަވާލުކޮށްފިއެވެ.

400 މީހުންގެ ޖާގައިގެ މި ސެންޓަރަކީ ރާއްޖޭގައި ބާއްވާ މުހިންމު ބައްދަލުވުންތަކާއި ސެމިނާތައް ބޭއްވުމަށް ޚާއްސަކޮށްގެން ފަރުމާކޮށް ހުޅުވި ސެންޓަރެކެވެ. އެގޮތުން މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ބޭއްވުމާއި ރަށުގައި ބާއްވާ މުހިންމު ޙަރަކާތްތައްވެސް ދެން ބާއްވާނީ މިކޮންވެންޝަން ސެންޓަރުގައިކަމަށް އުކުޅަހު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

ކޮންވެންޝަން ސެންޓަރުގައި އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ “އިންޓަރނޭޝަނަލް އަރޓިފިޝަލް އިންޓެލިޖެންސް ކޮންފަރެންސް” އެވެ. މިފެއަރ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. މިއީ އެކި ޤައުމުތަކުން ޓޭކްނޮލޮޖީގެ ދާއިރާގައި މަސައްކަތް ކުރާ މީހުން އެއްތަނަކުން ބައްދަލުވެ ޚިޔާލު ހުށައެޅުމަށް ބާއްވާ ކޮންފަރެންސްއެކެވެ.

ޓެގް

އުކުޅަސް އައްޑޫ ކޮންވެންޝަން ސެންޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.