ވާހަކަ ނޫނުން – ނާނާ

ނޫނުން – ނާނާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

(ކުޑަކުދިންގެ ވާހަކަ30 )

    އެއީ ނޮވެންބަރު މަހުގެ ރޭތަކުގެ ތެރެއިން ރެއެކެވެ. ރޭގަނޑުގެ ކެއުމަށްފަހު ނާޔާގެ މަންމަ ނާނާ ކިޔަދެނީއެވެ. ނާޔާ އޮތީ މަންމަގެ ކޮނޑުގައި ބޯ އަޅައިގެންނެވެ. މަންމަ އިނީ ބޭރު ފެންޑާގައި އެލުވާފައި ހުރި ބޮޑު އުނދޯލީގައެވެ. ނާޔާ ނިދުމުން މަންމަ ބަދިގެއަށްވަދެ ތަށިތައް ދޮވެ މޭޒުމަތި ސާފުކޮށްލިއެވެ. އަދި ބަދިގޭގައި ހުރި ނާށިތައް ހިފައިގެން ގުދަނަށް ދިޔައެވެ. ފޮށިގަނޑަކަށް ނާށިތައް އެޅުމަށެވެ.

   ފޮށިގަނޑުތެރެ ބަލައިލިރު ނަންނުގައްޗެއް ފެނުމުން ބިރުން ހަޅޭލައްވައިގަތެވެ. އޭރު ބައްޕަ އިނީ ދަތުރު ދާން ނަނު ހަދާށެވެ. މަންމަ ދުވެފައި ގުދަނުން ނިކުމެގެން ދުއްވައިގަތެވެ. އެވަގުތު އެތާހުރި ކެޔޮ ނިރުގައި އަޅައިގަނެފައި ވެއްޓުނެވެ. ވެއްޓިޖެހުނީ ނަރުތަކެއް މައްޗަށެވެ. މަންމަގެ އަތަށް ނުހަނު ތަދުވިއެވެ. އަދި ކަނާއަތުގެ ނިޔަފަތިތައް ހަލާކުވިއެވެ. ބަދިގެ ކައިރީ ހުރި ނިޔަނދުރު ގަހުގައި އަޅައިގަނެފައި އަތުގެ ނާރަކަށް ކައްޓެއްވެސް ވަނެވެ.

  މަންމަ ގޮވައިގެން ސިއްހީ މަރުކަޒަށް ދިއައެވެ. ނަރުސް މަންމައަށް ފަރުވާ ދިނެވެ. އޭގެ ހަފްތާއެއް ފަހުން މަންމަގެ އަތް ރަނގަޅުވިއެވެ. ބައްޕަ ކުރިން ރާވާފައި އޮތް މަސް ދަތުރު ދާން ތައްޔާރުވިއެވެ. ފަތިސް ނަމާދު ކޮށްގެން ނާޔާގެ އައިލާ ބަނދަރަށް ދިޔައެވެ. ބައްޕަ ނަގިލި ނެގިއެވެ. އަދި އިންޖީނު ސްޓާޓްކޮށްލިއެވެ. ނެރުން ދޯނި ނިކުތުމާއެކު ހެން ނާޔާ މަސްބާނަން ބޭނުންވިއެވެ. އަސުރުވާން ކައިރިވުމުން ދަތުރު ނިންމާފައި ރަށަށް އައެވެ. އޭރު ހުރީ ފުދޭވަރަކަށް މަސް ބޭނިފައެވެ. ނާށިތައް ރޯކޮށް މަސްފިހުމުގައި ނާޔާވެސް މަންމައާއިއެކު ބައިވެރިވިއެވެ. (ނިމުނީ)

ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ!

  1.  ވާހަކައި އުޅޭ މީހުންގެ ނަންތައް ލިޔޭ؟
  2.    މަންމަ ނާށި ހިފައިގެން ދިޔައީ ކީއްކުރަން؟
  3.  ނާޔާގެ މަންމައަށް ފަރުވާ ދިނީ ކާކު؟
  4.    ވާހަކަގައި ހުރި ނޫނު އަކުރުން ފެށޭ އެއްޗިހީގެ ނަންތައް ލިޔޭ!
  5.    ދޯނީގައި ބޭނުންކުރާ ނޫނު އަކުރުން ފެށޭ އެއްޗަކީ ކޮބާ؟

ޓެގް

ހާށަވިޔަނި ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.